Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އަހަރެމެން ނުހުއްޓުވޭނެ ރަފަހް އަށް އަރާނަން: ނަތަންޔާހޫ

ދުނިޔޭގެ އެއްވެސް ބާރަކަށް އިސްރާއީލު ނުހުއްޓުވުނޭކަމަށާއި، ގަޑިޖެހުމާއެކު ރަފަޙް އަށް އަރާ ކުރަން ބޭނުންވާ ކަންތައް ކުރާނެކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.

ޣައްޒާގެ ގެދޮރު ގެއްލިފައިވާ އެތައް މިލިއަން މީހުން ޖަމާވެފައިވާ ރަފަހް އަށް އެއްގަމު މަގުން އަރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާއިރު، އެމެރިކާއާއި އިނގިރޭސި ވިލާތްވެސް ހިމެނޭހެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ރަފަޙްއަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް ގޮވާލައިފައެވެ.

ބައިބޯ ރަފަހް އަށް އަރަން އިސްރާއީލުން ރާވަމުންދާތީ މުޅި ދުނިޔެ ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައި ނަތަންޔާހޫ ވަނީ ރަފަހްގަތިބި އާބާދީތައް އެތަނުން ފައިބަންވެސް އަންގާފައެވެ.

ޣައްޒާގެ އެހެނިހެން ސަރަހައްދުތަކުން އެމީހުންގެ ގެދޮރު ދޫކޮށް ދާން އިސްރާއީލުން މަޖުބޫރު ކުރުވުމުން ގާތްގަނޑަކަށް 1.4 މިލިއަން މީހުން ރަފަހް ގައި އެބަ ތިބި ކަމަށް ލަފާކުރެވެއެވެ. އަނެއް ފަރާތުގައި އޮތީ ބަންދު ކޮށްފައި އޮތް މިސްރުގެ ބޯޑަރު ކަމުން ރަފަހް ގައި ތިބި މީހުން ފިލަން ދާނެ އެހެން ތަނެއް ނޯންނާނެއެވެ.
އިސްރާއީލުން ކޮންމެ ދުވަހަކު ބޮން އަޅަމުންދާ ރަފަހް އަށް އެއްގަމު މަގުން އަރައި ހަމަލާދޭން އިސްރާއީލުގެ އެންމެ އެކުވެރި އެެމެރިކާވެސް ވަނީ ދެކޮޅު ހަދާފައެވެ.
އެމެރިކާގެ އޭބީސީ ނިއުސްއަށް ދިން އިންޓަވިއުގައި ނަތަންޔާހޫ ބުނެފައިވަނީ ރަފަހް އަށް އެރުމުގެ ކުރިން ރަފަހް އިން އާންމުން ބާލަން ޖެހޭ ކަމާއި މެދު އެމެރިކާ އާއި އެއްބަސްވާ ކަމަށެވެ. ނަތަންޔާހޫ ބުނެފައިވަނީ ރަފަހް އަށް އަރާ އިރު އާންމުން ފައިބަން ރައްކާތެރި މަގެއް ދައްކާނެ ކަމުގައެވެ.
ނަމަވެސް އެއްކޮޅުން ބަންދު ކޮށްފައި އޮތް މިސްރު ބޯޑަރު އޮތް އިރު ވަގުތީ ޓެންޓުތަކުގައި ދިރިއުޅެމުންދާ އެހާ ގިނަ މީހުން ރަފަހް އިން ބޭލޭނެ ކަމާއި މެދު ޝައްކެވެ. އެކަމާއި މެދު ސުވާލު ކުރުމުން ނަތަންޔާހޫ ބުނެފައިވަނީ އެކަމާއި ގުޅިގެން ރޭވުންތައް ރާވަމުންދާ ކަމަށެވެ.
މި ލިއުމާއި ގުޅޭ