Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުން ލަސްކުރާ ނަމަ މުޒާހަރާތަކާ އެކު މަގުތައް ފުރައިލާނަން: ޕީޓީއައި

ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުން ލަސްކުރާ ނަމަ ޞުލްޙަވެރި މުޒާހަރާތަކާ އެކު މަގުތައް ފުރައިލާނެ ކަމަށް ބުނެ ޖަލުގައި އޮންނެވި އިމްރާން ޚާންގެ ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ ޗެއަރމަން އަދި އިމްރާން ޚާންގެ ޤާނޫނީ ވަކީލު ކަން ވެސް ކުރައްވާ ގޯހަރް ޚާން ވިދާޅުވީ އިންތިޚާބުގައި ލިބުުނު ކާމިޔާބީއާ އެކު އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.
ޕީޓީއައިން އިންތިޚާބުގައި ކާމިޔާބީ ލިބިފައިވާ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅުގައި އިމްރާން ޚާންގެ އެންމެ ބޮޑު ވާދަވެރިޔާ އަދި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެނު)ން ވަނީ އިންތިޚާބުގައި ކާމިޔާބީ ލިބިފައި ވަނީ އެ ޕާޓީއަށް ކަމަށް ބުނެފައެވެ. އަދި ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަން އެ ޕާޓީން ވެސް ވަނީ އިޢުލާނު ކޮށްފައެވެ.
241 މިލިޔަން މީހުން ވޯޓުލި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އިންތިޚާބުގެ ވަޤުތީ ނަތީޖާއިން ފެންނަ ގޮތުގައި މިނިވަން ކެނޑިޑޭޓުން ވަނީ 100 ގޮނޑި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރެއިން 90 ކެނޑިޑޭޓުންނަކީ އިމްރާން ޚާންގެ ޕީޓީއައިގެ މެންބަރުންނެވެ. ޚާނަށް ބައިޢަތު ހިފާފައިވާ ކެނޑިޑޭޓުންނެވެ. ޝަރީފްގެ ޕީއެމްއެލްއެނަށް ލިބުނީ 72 ގޮނޑިއެވެ.
އިންތިޚާބުގައި ޕީޓީއައިއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވަމުން ގޯހަރް ޚާން ވަނީ އިންތިޚާބުުގެ ނަތީޖާއަށް އިޙުތިރާމު ކުރުމަށް ސަރުކާރާއި ދަޢުލަތުގެ އިދާރާތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި އިންތިޚާބީ ކޮމިޝަނުން ރަސްމީ ނަތީޖާ އިޢުލާނު ކުރުން ލަސްކުރާ ނަމަ ސަރުކާރުގެ އޮފީސްތައް ކައިރީގައި ޕީޓީއައިން ބޮޑެތި މުޒާހަރާތަކެއް ބާއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭނާގެ ގޮވައިލުމާ އެކު ޕީޓީއައިއަށް ތާޢީދު ކުރާ އެތަކެއް ހާސް ބަޔަކު ވަނީ ހުޅަނގުއުތުރުގައި އޮންނަ ޕިޝާވަރުގެ މަގުތައް ފުރައިލާ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް ގޮވައިލާ އަޑުއުފުލަން ފަށާފައެވެ. އެ މީހުން ދަނީ ސަރުކާރުން ވޯޓުގެ ނަތީޖާ އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތު ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ