Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ފުލެޓު ލިސްޓުގެ މައްސަލަ އިންސާނީ ހައްގުގެ ނަޒަރަކުން ބަލަން ފަށައިފިން: އެޗްއާރުސީއެމް

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތައް ލިބުނު މީހުންގެ ލިސްޓުގެ މައްސަލަ އިންސާނީ ހައްގުތަކުގެ ނަޒަރަކުން ބަލަން ފަށާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ މައްސަލަ އެ ކޮމިޝަނުން ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ބަލައި، ތަހުގީގުން ފާހަގަކުރެވުނު ގިނަ ކަންތައްތަކެއް ހާމަކޮށްފައިވަނިކޮށް އެ މައްސަލައިގެ ސަބަބުން ގިނަ ރައްޔިތުންތަކެއްގެ އަސާސީ ހައްގުތައް ގެއްލޭކަމަށް ބުނެ އެޗްއާރުސީއެމަަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ އެ ކޮމިޝަނުން ބަލަމުންދަނީ އިންސާނީ ހައްގުތަކުގެ ނަޒަރަކުން ކަމަށެވެ. އަދި ފުލެޓުތަކުގެ މައްސަލާގައި ކަން ހިނގި ގޮތް އެ ނަޒަރުން ބެލުމަށްޓަކައި ޝަކުވާ ހުށަހެޅި ފަރާތްތަކާއި، ހައުސިން މިނިސްޓްރީއާއި އޭސީސީއާ އެކި ފަހަރުގެ މަތިން ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އަދި މިހާރު އޮތް ލިސްޓު ބާތިލުކޮށް އަލުން ކުރިމަތިލާން އިއުލާނުނުކުރާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދީފައިވާކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ. އަދި މިހާރު ތަހުގީގަށްފަހު އޭސީސީން ނިންމާފައިވާ ނިންމުމާ ގުޅިގެން އަމަލުކުރަންވީ ގޮތަކާ ގުޅޭ ލަފައަކަަށް ބަންޑާރަނައިބުގެ އޮފީހުގައި އެދިފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިންކަމަށްވެސް އެޗްއާރުސީއެމުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ މައްސަލަ ބެލުމަށްޓަކައި އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުތައް ލިޔެކިޔުމުން ހޯދުމަށް އެޗްއާރުސީއެމުން އެދިފައިވާނެ ކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު ބައްދަލުވުންތަކެއްވެސް ރޭވިފައިވާކަމަށް ކޮމިޝަނުން ބުންޏެވެ.

މި މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މައްސަލައެއްކަމަށްވާތީ މި މައްސަލަ އަވަސް މުއްދަތެއްގައި ތެރޭގައި ނިންމުމަށް ކޮމިޝަނުން މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދީފައިވެއެވެ.

ގެދޮރުވެރިޔާގެ ތެރެއިން ލިބޭ 4،000 ފުލެޓު ލިބުނު މީހުންގެ ލިސްޓު އޭސީސީން ތަހުގީގުކުރުމަށްފަހު އެ ކޮމިޝަނުން ބުނެފައިވަނީ އެ ލިސްޓުގައި ހިމެނޭ މީހުންގެ 60 އިންސައްތައާ ގާތްކުރާ މީހުންނަކީ އެމީހުން ހުށަހަޅާފައިވާ ފޯމުތަކުގައި ހިމެނޭ މައުލޫމާތަށް ބަލާއިރު ގެދޮރުވެރިޔާ ސްކީމުގެ އުސޫލުތަކުން ޝަރުތު ފުރިހަމަނުވާ މީހުން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުން ޕޮއިންޓު ދިނުމުގެ ކުރިން މީހުން ދިރިއުޅޭ ތަންތަނަށް ގޮސް ދިރިއުޅުމުގެ ހާލަތު ވަޒަންކުރާނެކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް ޕޮއިންޓު ދީފައިވަނީ މީހުން ދިރިއުޅޭ ތަންތަން ބެލުމަށް ޒިޔާރަތްނުކޮށެވެ.

މި ލިއުމާއި ގުޅޭ