Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް ބައިވެރިވެވަޑައިގަންނަވާ ވޯލްޑް ގަވަމެންޓު ސަމިޓުގެ ކުރު ތައާރަފެއް

ދުބާއީއަށް މިރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި ޝަހަރަށް ވަޑައިގަންނަވާނެއެވެ. ދުބާއީއަކީ ދުނިޔޭގެ އެންމެ މެޓްރޮޕޮލިޓަން ބަވަނަ އެއް ސިޓީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ދާއިރާތަކުގެ ލީޑަރުން މި ރަށަށް އަބަދުވެސް ޒިޔާރަތްކުރައްވައެވެ.

ރައީސް ދުބާއީއަށް ކުރައްވާ ދަތުރުފުޅަކީ ދުބާއީގެ އަމީރުގެ ދައުވަތަކަށް، އެ ޝަހަރުގައި އަހަރަކު އެއް ފަހަރު ބާއްވާ ވޯލްޑް ގަވަމެންޓު ސަމިޓުގައި ބައިވެރިވެވަޑައިގެން ތަޤުރީރުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ސަމިޓުގައި ދުނިޔޭގެ ބައެއް ޤައުމުތަކުގެ ލީޑަރުންނާއި ވިޔަފާރިއާއި އައު އީޖާދުތަކުގެ އެކި ދާއިރާތަކުގެ އިސްވާރުން ބައިވެރވެވަޑައިގަންނަވައެވެ.

އޭގެ އިތުރަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެންމެ އިސްވެރިންވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މެނޭޖިން ޑިރެކްޓާ ކްރިސްޓިލީނާ ޖޯޖީވާ މި ސަމިޓުގައި ބައިވެރިވެވަޑައިގެން ތަޤުރީރުކުރައްވަންވަނީ ހަމަޖެހިފައެވެ.

2013 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ސަމިޓުގައި ފުރަތަމަ ފަހަރަށް މި އަހަރުގެ ސަމިޓުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަޤުރީރުކުރައްވާއިރު، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ އެކި ދާއިރާތަކާ ގުޅުންހުރި މާހިރުންނާއި ތަޖުރިބާކާރުން މި ފޯރަމުގައި ބައިވެރިވެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ތަންފީޒުކުރައްވަން އިއުލާނުކުރައްވާފައިވާ އެންމެ މުހިއްމު އަދި އެންމެ ބޮޑު އެއް މަޝްރޫޢަކީ މުޅިން ތަފާތު ޝަހަރެއް ބިނާކުރެއްވުމެވެ. މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު އިއުލާނުކުރައްވާފައިވާ ރަސްމާލެ މަޝްރޫޢެވެ.

އެ މަޝްރޫޢަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ އެ ސިޓީ ބިނާކުރައްވަނީ އެންމެ ޒަމާނީ ޝަހަރެއްގެ ގޮތުގައި ތިމާވެއްޓާ ރަހުމަތްތެރި، ޚިދުމަތްތައް ފަސޭހައިން ލިބޭނެ، އެ ޝަހަރުގައި ދިރިއުޅޭ އެންމެނަށްވެސް ފަސޭހަވާނެ ގޮތްތަކަށް ފަރުމާކޮށްގެން ކަމަށެވެ.

ވޯލްޑް ގްލޯބަލް ސަމިޓުގައި މި އަހަރު މަޝްވަރާކުރެވޭ އެއް މައުޟޫއަކީ މުސްތަޤުބަލުގެ ސިޓީތައް ފަރުމާކުރާނެ ގޮތްތަކެވެ. އެގޮތުން ސިޓީތައް ފަރުމާކުރުމުގެ މަސައްކަތާ ގުޅޭ އެކި ދާއިރާތަކުގެ ތަޖުރިބާކާރު އިލްމުވެރިންނާއި، އެކި ޤައުމުތަކުގައި ސިޔާސަތު އެކުލަވައިލުމުގައި ތަޖުރިބާތައް ހާސިލުކުރައްވާފައިވާ ވަޒީރުންނާއި ފަންނުވެރިން މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އޭގެ އިތުރަށް މި ސަމިޓުގައި އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރިއަށްދާއިރު އެ ސަމިޓުގައި ޗެޓް ޖީޓީޕީ އީޖާދުކުރި އޯޕެން އޭއައި ކުންފުނީގެ ސީއީއޯ ސެމް އޯލްޓްމަން ބައިވެރިވެވަޑައިގަންނަވައެވެ. އަދި 2012 ވަނަ އަހަރު ފިޒިކްސްގެ ދާއިރާއިން ނޯބަލް އިނާމު ކާމިޔާބުކުރެއްވި ޕްރޮފެސާ ސާޖެ ހަރޯޝޭވެސް އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

13 ވަނަ ދުވަހު މި ސަމިޓުގެ ހުރިހާ ބައިވެރިން ބައިވެރިވާ މައި ސެޝަނުގައި ރައީސް ޑރ.މުޢިއްޒު ތަޤުރީރުކުރައްވަންވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ އިތުރަށް އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތައްކަމަށްވާ މަޑަގަސްކަރައާއި، މޮރިޝަސް އަދި ސީޝެލްސްގެ ރައީސުންވެސް ތަޤުރީރުކުރައްވާނެއެވެ.

މި ސަމިޓުގައި 120 ޤައުމެއްގެ ވަފުދުތައް ބައިވެރިވެއެވެ. އަދި ބައިނަލްއަޤުވާމީ އަދި ސަރަހައްދީ 85 ޖަމްއިއްޔާއަކުން ބައިވެރިވެއެވެ. ބައިނަލްއަޤުވާމީ އަދި ސަރަހައްދީ 27 ޖަމްއިއްޔާއެއްގެ އެންމެ އިސްވެރިން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ލިއުމާއި ގުޅޭ