Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރެއް މާލޭގައި ހުޅުވައިފި

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އާ އެކްސްޕީރިއަންސް ސެންޓަރެއް ދަނބު ގޯޅީގައި ހުޅުވައިފިއެވެ.

ރޭގައި ބޭއްވުނު ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ޝަރީފެވެ.

ދަނބު ގޯޅީގައި މިއަދު މިހުޅުވުނު އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރެވެ. މި ސެންޓަރ ފަރުމާކުރެވިފައިވަނީ އުރީދޫއިން ފޯރުކޮށްދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދިނުމަށެވެ.

ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 އިން ހަވީރު 4.30 އަށް އަދި ރޭގަނޑު 8 އިން 10 އަށް ހުޅުވިފައި ހުންނާނެ ކަމަަށް އޫރިދޫއިން މަޢުލޫމާތު ދެއެވެ.

މި ލިއުމާއި ގުޅޭ