Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަޒާންގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި

ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ އަހްމަދު އަޒާންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

އީސީއަށް އަޒާން ފޯމު ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފޯމު ހުށަހެޅިތަނަށް އަޒާންއަށް ތާއީދު ކުރާ އައްޑޫ ސިޓީގެ ގިނަ ބަޔަކު ގޮސްފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަޒާންގެ ފޯމު އީސީއަށް ހުށަހަޅާފައިވާއިރު އެ ދާއިރާގެ އެންމެ ފުރަތަމަ ފޯމު ހުށަހަޅާފައިވަނީ އަޒާންކަން ފާހަގަކޮށްލެވެއެވެ.

އަޒާންގެ އިތުރުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާނެކަމަށް މިހާތަނަށް އިއުލާނުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝުއާއު އަދި ޑިމޮކްރެޓްސްގެ ފަރާތުން މިހާރުގެވެސް ރައްޔިތުން މަޖިލީހުގެ އެދާއިރާގެ މެންބަރު އަހްމަދު ރަޝީދުއެވެ.

"ދިޔަރެސް"ގެ ފައުންޑާ އަޒާނަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫއިން ކުރިމަތިލާ އެންމެ ޒުވާން ކެންޑިޑޭޓުކަން ފާހަގަކޮށްލެވެއެވެ.

އަޒާންގެ ތައުލީމީ ދާއިރާއަށް ބަލާއިރު އޭނާ ވަނީ އަޒަރުބައިޖާން ޑިޕްލޮމެޓިކް އެކަޑަމީއިން އިންޓަނޭޝަނަލް ރިލެޝަންސްއިން ޑިގްރީ ހާސިލްކޮށްފައެވެ.

އަޒާން ފޯމު ހުށަހެޅިކަން އިއުލާނުކުރުމާއެކު ފޭސްބުކް އަދި ޓްވީޓާފަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔާ ކާމިޔާބީއަށް އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ