Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާ ބެހޭ ވުޒާރާ

10،213 ފަތުރުވެރިންނާއެކު، އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް މިއަދު

10،213 ފަތުރުވެރިންނާއެކު، އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް މިއަދު ވެއްޖެއެވެ.

މިއަދު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 10،213 އަރައި މިހާތަނަށް 1 ދުވަހުގެ ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަހަކަށް މިއަދު ވެއްޖެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކްސްއަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ރެކޮޑެއް ހާސިލްކުރެވިފައިވާ ދުވަހެއްކަމަށެވެ. އަދި، އެފަދަ ރެކޯޑެއް ހާސިލްކުރެވުނުކަމަށްޓަކައި އެމަނިކުފާނު ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ސްޓޭކްހޯލްޑަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ވަޒީރު އިބްރާހިމް ފައިސަލް އެކްސްއަށް ކޮށްފައިވާ ޕޯސްޓު

ފާހަގަކޮށްލެވޭ ކަމަކީ، މިއީ މި ރިކޯޑު މި މަހު ތެރޭ މުގުރާލި 2 ވަނަ ފަހަރުކަމެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު 8،900 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް ރެކޯޑު ހަދާފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އަދި ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ފެށުމާއިއެކު ޗައިނާއިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އެއަށްވުރެ އިތުރުވާނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަންދާޒާ ކުރައްވާފައިވާގޮތުން މިއަހަރު ރާއްޖެއަށް 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ.
މި ލިއުމާއި ގުޅޭ