Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް ޝަހީރު ހަމަޖައްސަވައިފި

ފެނަކާގެ ޗެއާމަނަކަށް މ. ލާލުބާއު، އަހްމަދު ޝަހީރު ހަމަޖައްސައިފިއެވެ.

ފެނަކާގެ ޗެއާމަންގެ މަގާމަށް ޝަހީރު ހަމަޖައްސާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ.

ޝަހީރަކީ ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، އެބޭފުޅާ މީގެ ކުރިން، ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެއެވެ.

އެބޭފުޅާ އެސްޓީއޯގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އެ ކުންފުންޏަށް 29 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެންބަރު 15 ވަނަ ދުވަހުއެވެ.

ފެނަކަ ކުންފުންޏަށް ޝަހީރު ފަދަ ތަޖުރިބާކާރު ވިޔަފާރިވެރިއެއް ނަގާފައިވާއިރު، އެ ކުންފުންޏަކީ ކުރީ ސަރުކާރުގެ ސަބަބުން ދަރަނިވެރިވެފައިވާ ކުންފުންޏެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ދައުރު އެ ކުންފުންޏަށް 5 އަހަރު ތެރޭ 5،400 މުވައްޒަފުން ސިޔާސީ ބޭނުމަށް ވައްދާފައިވާއިރު މުވައްޒަފުންގެ މުސާރައަށް އެ ކުންފުނިން މަހަކު 74 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ފެނަކަ ކޮޅަށް ޖަހަން އެތައް މަސައްކަތެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ފައިސާ ނުދެވި ހުރި ސަޕްލަޔަރުންނަށް ފައިސާ ދިނުމުގެ މަސައްކަތް ފެށުމުގެ އިތުރުން ފެނަކާގައި މަރާމާތުނުކޮށް ހުރި 53 ޖަނަރޭޓަރު މަރާމާތުކުރަން ފަށާފައިވެއެވެ. އަދި މީގެ އިތުރުން ސްޓެލްކޯއިން ފަންނީ އެހީތެރިކަން ދޭންވެސް ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ