Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަންގޭރީ

ހަންގޭރީގެ ރައީސް ކަޓަލިން ނޮވަކް އިސްތިއުފާ ދެއްވައިފި

ހަންގޭރީގެ ފުރަތަމަ އަންހެން ރައީސް އަދި އެގައުމުގައި ވެރިކަން ކުރެއްވި އެންމެ ޒުވާން ރައީސް ކަޓަލިން ނޮވަކް އިސްތިއުފާ ދެއްވައިފިއެވެ.

ނޮވަކް އިސްތިއުފާ ދެއްވީ އެގައުމުގެ ކުޑަކުދިންގެ ހިޔާއެއްގައި ހިނގި ޖިންސީ ގޯނާގެ މައްސަލައެއްގައި ހުކުމް ކޮށްފައިވާ މީހަކަށް މައާފު ދިނުމާ ގުޅިގެން ޕްރެޝަރު ބޮޑުވުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލްޖަޒާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަމަނާގެ އިސްތިއުފާއަށް ގޮވާލައި ވެރިރަށުގައި ހުކުރު ދުވަހު ހާހަކަށްވުރެ ގިނަމީހުންވަނީ މުޒާހަރާވެސް ކޮށްފައެވެ. ހަންގޭރީގެ އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަނާ މަގާމުން ވަކިވުމަށް ގޮވާލައިފަ އެވެ.

ދައުލަތުގެ ޓީވީގައި ހުކުރުދުވަހުގެ ރޭ ދެއްވި ތަޤްރީރެއްގައި އެކަމާ އިސްތިއުފާ ދެއްވަމުން ވިދާޅުވީ ގޯހެއް ހެދިއްޖެ ކަމަށާއި، ރައީސް ކަމުގައި ހުންނާނެ މިއީ އެންމެ ފަހު ދުވަސް ކަމުގައެވެ.

"އަހަރެން ނަށް ހެދުނީ ގޯހެއް... މިއަދަކީ ރައީސެއްގެ ހައިސިއްޔަތުން ތިޔަބޭފުޅުންނާ މުޚާޠަބުކުރާ އެންމެ ފަހު ދުވަސް،" ދައުލަތުގެ ޓީވީން ބްރޯޑްކާސްޓް ކުރެއްވި ތަގުރީރުގައި އެކަމަނާ އިސްތިއުފާ ދެއްވަމުން ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެކަމަނާ ވިދާޅުވެފައި ވަނީ ޕްރެޝަރު ބޮޑުވެފައިވާ މައްސަލަ ވެސް ހިމެނޭ ގޮތަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހަކަށް ދުވަހަކު ވެސް މައާފެއް ނުދެއްވާނެ ކަމަށެވެ.

ނޮވަކް އަކީ ކޮންޒަވޭޓިވް ބޮޑުވަޒީރު ވިކްޓާ އޯރްބާންއާއި ވަރަަށް ގާތް އަދި އެގައުމުގެ ކުރީގެ ފެމިލީ މިނިސްޓަރެވެ. އަދި އެކަމަނާއަކީ ހަންގޭރީގެ ތާރީހުގައި ވެސް ފުރަތަމަ އަންހެން ރައީސާގެ އިތުރުން އެ މަގާމު ފުރުއްވި އެންމެ ޒުވާން ބޭފުޅާ އެވެ.
މި ލިއުމާއި ގުޅޭ