Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

މިސްރުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަ ތަކުގެ ނަތީޖާ ރަނގަޅުވާނެ: ފަލަސްތީނު

އިސްރާޢީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ހަމާސްއާއި، އިސްރާއީލާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް ދަނީ ރަނގަޅަށް ކަމަށާއި، ނަތީޖާވެސް ރަނގަޅުވާނެކަމަށް އުންމީދުކުރެވޭ ކަމަށް ހަމާސްޖަމާއަތުން ބުނެފިއެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު މަޝްވަރާތައް ކުރެވިފައިވަނީ ޣައްޒާގައި ޔަހޫދީންގެ ދައުލަތުން ދެމުންދާ އަނިޔާވެރި ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ ޔަހޫދީ އިސްރާއީލްގެ ރައްޔިތުން ސަލަމާތުން އެނބުރި އިސްރާއީލަށް ގެންދިޔުމާއި ގުޅޭ ގޮތުންނެވެ.

މި ސުލްހައިގެ މަޝްވަރާތައް ކުރެވިފައި ވަނީ މިސްރު ސަރުކާރުގެ ކަމާބެހޭ ބޭފުޅުންގެ އިތުރުން ގަތަރު ސަރުކާރުގެ ވެސް އޮފިޝަލުންގެ ހާޒިރުގައި، މިސްރުގެ ވެެރިރަށް ގާހިރާގައެވެ.
"އަހަރުމެންގެ ވަފުދު މިހާރު ވަނީ ގާހިރާ ދޫކޮށް ގޮސްފައި. މިހާރު މި އިންތިޒާރު ކުރަނީ އިސްރާއީލުގެ ބަހަކަށް. އަހަރުމެންގެ ޝަރުތުތައް މިހާރު ވަރަށް ސާފުވާނެ ގޮތަށް ވާނީ އެކުވެރި ދެ ގައުމެއްގެ އޮފިޝަލުންގެ ހާޒިރުގައި ކިޔައިދީފައި." ނަން ނުޖެހުމަށް ޝަރުތުކޮށް ހަމާސް ޖަމާއަތުގެ އޮފިޝަލަކު އޭއެފްޕީ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވެއެވެ.

ހަމާސްއިން މިހެން ބުނިކަމުގައިވިޔަސް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްސް އެންޓޮނީ ބްލިންކެން ވަނީ މި ހަފްތާ މެދުއިރު މައްޗަށް ކުރެއްވި ދަތުރުފުޅުގައި ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަން ނާކާމިޔާބު ވެފައިވާ ކަން ބްލިންކެން ވަނީ އިއުލާނު ކުރައްވައިފައެވެ.

ބްލިންކެން ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ސުލްހަ ގާއިމުކުރުން ހީކުރިހާ ފަސޭހަ ނޫން ކަމަށާއި، ނަމަވެސް އަދިވެސް ކަންކަން ރަނގަޅު ކޮށްގެން ސުލްހަ ގާއިމުކުރެވެން އެބަ އޮތް ކަމަށެވެ. އަދި އުންމީދު ކުރަނީ އަވަސް މުސްތަގުބަލެއްގައި ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެވޭ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރެވުން ކަމަށެވެ.

ހަމާސްއިން ހުށަހެޅި އެއްވެސް ޝަރުތެއް ގަބޫލު ނުކުރާނެކަމަށް ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިދިޔަ ހަފްތާ ބުނެފައެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ޖަމާވެފައިވާ ޣައްޒާގެ ރަފާހް އަށް އެއްގަމު މަގުން އެރުމަށް ތައްޔާރުވުމަށް އިސްރާއީލުގެ ސިފައިންނަށް ނަތަންޔާހޫ ވަނީ އަންގާފައެވެ.

މި ލިއުމާއި ގުޅޭ