Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 28،000ން މައްޗަށް އަރައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 28،000 ން މައްޗަށް އަރައިފިއެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަަދަދު 28،064 އަށް އަރާފައިވާ ކަމަށެވެ.

އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 67،611 އަށް އަރާފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.

"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި އާއިލާތަކާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލިތަކުގައި 117 މީހުން ޝަހީދުކޮށް، 152 މީހުން ވަނީ ޒަހަމްކޮށްލާފައި،" އެ މިނިސްޓްރީން ބުންޏެވެ.

އަދި އެތައް ހާސް ބަޔަކު ގެއްލި، ޝަހީދުވެފައިވާ ކަމަށް ބެލެވޭ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތައް ބައެއްގެ ހަށިގަނޑު ތިބެދާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި،ހަމަލަތާއް ވަރުގަދަ ކުރަމުންދާއިރު، އެތައް ބަޔަކު މިހާރު ހިމާޔަތް ހޯދަމުން އަންނަ ރަފާހް ސިޓީއަށް އިސްރާއީލުގެ ނިރުބަވެރިން ހަމަލާތައް ދޭން ފަށާފާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. މިގޮތުން އިއްޔެ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ އެ ސިޓީގައި ދިރިއުޅެމުންދާ 1.7 މިލިއަން މީހުން ބޭރު ކުރުމަށް އަންގާފައެވެ.

އިސްރާއީލްގެ މި އިންޒާރާ ގުޅިގެން ސައޫދީ އިންވަނީ އިސްރާއީލްގެ ސިފައިން ރަފަޙް ސިޓީއަށް އަރައިގަތުން ހުއްޓުވުމަށް ގޮވާލައިފައެވެ.

އިސްރާއީލުން ބުނީ ރަފަޙްއަށް ހަމަލާދޭނީ އެމެރިކާއާއި، މިސުރުންވެސް އެދިފައިވާ ގޮތަށް ރަފަޙްގައި ތިބި ފަލަސްތީނު މީހުންގެ ބޮޑު އާބާދީއެއް ސަހަރުން ނެރުމަށްފަހުކަމަށެވެ.

މި ލިއުމާއި ގުޅޭ