Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްކޭމް

ހައްޖުގެ ޖާގަ ކަށަވަރުވީކަމަށް ބުނެ ސްކޭމް ކޯލްތަކެއް

ހައްޖުގެ އަޅުކަމުގައި ސައޫދީއަރަބިއްޔާއަށް ދިއުމަށް ޖާގަ ކަށަވަރުވީކަމަށް ބުނެ އާ ސްކޭމެއް ރާއްޖޭގައި ހިންގަން ފަށައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދިންގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ސްކޭމް ފޯން ކޯލްތައް އިތުރުވަމުން އަންނަކަމަށެވެ.

ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އެދި އެ ކުންފުނީގެ ނަމުގައި ސްކޭމް ފޯން ކޯލްތައް ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނެފައިވެއެވެ. ހައްޖު ކޯޕަރޭޝަނުގެ ނޯޓިސްގައި ބުނެފައިވަނީ އެކޯޕަރޭޝަނުގެ ޚިދުމަތްތަކަށް ފައިސާ ދައްކަން ޖެހޭނީ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ކަމަށެވެ.

މީހުންގެ އަތުން އެކި ގޮތްގޮތުން މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން ރާއްޖޭގައި ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. ފުލުހުން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަކަރާ ހީލަތުން މީހުން އަތުން 57 މިލިއަނަށް ވުރެގިނަ ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި ޢާއްމުގޮތެއްގައި މީހުންނަށް ގުޅަނީ ކޮންމެވެސް ނަންހިނގާ ކުންފުންޏެއް ނުވަތަ ބެންކެއް ނުވަތަ ސަރުކާރު މުވައްސަސާއެއްގެ ނަމުގައެވެ. އަދި ރައްޔިތުމީހާއަށް ޤަބޫލުކުރެވޭ ބީދައަކުން ވާހަކަދައްކައި އޮޅުވާލައިގެން ރައްޔިތުމީހާއަށް މަންފާތަކެއް ލިބޭނެކަމުގެ ދަޅަ ދައްކައިގެންނާއި އިންޓަރނެޓް ބޭންކިންގ ގެ މަޢުލޫމާތު ހޯދައިގެން މީހުންގެ އަތުން ފައިސާ ނަގާފައިވާކަން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގެއެވެ.

މި ލިއުމާއި ގުޅޭ