Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ސްޕްރިންގ ފެސްޓިވަލާއި އެ ގައުމުގެ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު ލީ ކިއާންގ އަދި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވީ ޗައިނާގެ މީޑިއާއެއްކަމަށްވާ ''ޒިންހުއާ ނިއުސް'' މެދުވެރިކޮށެވެ.
މި މެސެޖުގައި ރައީސް ވަނީ ޗައިނާއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމާއި އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި އެކުގައި މަސައްކަތްކޮށްގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

ރައީސްގެ މެސެޖު ނިންމަވައިލެއްވީ ޗައިނާގެ ރައީސާއި، ބޮޑުވަޒީރާއި، ޗައިނާގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި، އުފާވެރިކަމާއި، ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

މި ލިއުމާއި ގުޅޭ