Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ފޭސްބުކް އާއި އިންސްޓްގްރާމް އެކައުންޓް ފޮހެލައިފި

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ފޭސްބުކް އެކައުންޓާއި އިންސްޓްގްރާމް ފޮހެލައިފިއެވެ.

ޚާމަނާއީގެ އެކައުންޓްތައް ފޮހެލުމަށްފަހު މެޓާއިން ބުނީ މި އެކައުންޓްތައް އުނިކޮށްފައިވަނީ މެޓާގެ ކޮންޓެންޓު ޕޮލިސީއާ ތަކުރާރުކޮށް ހިލާފުވުމުގެ ސަބަބުން ކަމަށެވެ.

މެޓާގެ ތަރުޖަމާނަކާ ހަވާލާދީ އިންގްލިޝް އަރަބިޔާއިން ރިޕޯޓުކޮށްފައިވާގޮތުގައި އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ވާހަކަ މެޓާއިން ނުބުނި ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ހަމަލާދިނުމުން ހާމަނާއީގެ އެކައުންޓުތައް ނައްތައިލުމަށް މެޓާއަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

ހަމާސްއިން އިސްރާއީލަށް ދިން އެ ހަމަލާއަށް ހާމަނާއީ ވަނީ ވަރަށް ބޮޑަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް އެކަމުގައި އީރާނުގެ އަތެއް ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ފަލަސްތީނުން ތެދުވުމަށް ގޮވައިލައި، ރަތް ކަނޑުން އިސްރާއީލަށް ދަތުރުކުރާ އާގު ބޯޓުތަކަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް ޙޫޘީން ދޭ ހަމަލާތަކަށް ވެސް ހާމަނާއީ ވަނީ ވަރަށް ބޮޑަށް ތާއީދުކުރައްވައިފައެވެ.

އީރާނުގެ ވެރިކަމުގައި 35 އަހަރު ހުންނެވި ޚާމަނާއީގެ އިންސްޓަގްރާމްގައި ފަސް މިލިއަން ފޮލޯވަރުން ތިއްބެވެ.
އިންސްޓަގްރާމާއި ފޭސްބުކް ބޭނުންކުރުމަކީ އީރާނުގައި މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް އީރާނުގެ ގިނަ ބަޔަކު އަންނަނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ނުވަތަ ވީޕީއެން ބޭނުންކޮށްގެން ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ އެޕްތައް ބޭނުންކުރަމުންނެވެ.

އިޒްރޭލަކީ ޓެރަރިސްޓް ހާއްޔެއް ކަމަށާއި އެހެންކަމުން، އިސްރާއީލާ ދެކޮޅަށް ތެދުވެ މަސައްކަތްކުރުމަކީ މުސްލިމު ޤައުމުތަކުން ޢަދާކުރަންޖެހޭ ޒިންމާއެއްކަމަށް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.

ޚާމަނާއީ ތަކުރާރުކޮށް ވިދާޅުވާ އެއްވާހަކައަކީ އިސްރާއީލަކީ ވަކި ދަޢުލަތެއް ނޫންކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޙަރަކާތްތެރިވާ ނިރުބަވެރި ފައުޖުތަކެއްކަމަށެވެ.

މި ލިއުމާއި ގުޅޭ