Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ކައުންސިލުތަކަކަށް މި ސަރުކާރުން އެއްބާރުލުންދޭނެ: މިނިސްޓަރު އާދަމް ޝަރީފް

ވަކި ފިކުރަކަށް ވަކި ކުލައަކަށް ބެލުމެއްނެތި ހުރިހާ ކައުންސިލުތަކަކަށް މި ސަރުކާރުން ފުރިހަމަ އެއްބާރުލުންދޭނެ ކަަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ 2023 ވަނަ އަހަރަކީ ގޮންޖެހުންތައް ގިނަ އަހަރެއް ކަމަށާއި ކައުންސިލުތައް ހިންގުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވާ ކަމަށް ދުވާފަރު ކައުންސިލުގެ ރައީސް ޙަސަން ޙަކީމް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި ވިސްނުން ޕީއެންސީ ސަރުކާރުގައި ބަދަލުވާނެ ކަމަށާއި ކައުންސިލުތައް ބާރުވެރިކޮށް ކައުންސިލުތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމާއި ކައުންސިލުތައް ހިންގުމަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން މި ސަރުކާރުން ދޭނެ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ކައުންސިލުތަކަކަށް އެއްބާރުލުން ދެއްވާނެކަން އެމަނިކުފާނު ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

''ކައުންސިލުތަކުގެ ކުރިމަގު އުޖާލާވާނެ,'' މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ