Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ޖަނަވަރީ މަހު ކޮށްފައިވާ ހަރަދުތަކަށްވުރެ އާމްދަނީ 585 މިލިއަން ރުފިޔާ އިތުރުވެފައިވޭ

ޖަނަވަރީ މަހު ކޮށްފައިވާ ހަރަދުތަކަށްވުރެ އާމްދަނީ 585 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލްގައި ވާގޮތުން، މިދިޔަ މަހުގައި ދިވެހި ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.5 ބިލިއަން ރުފިޔާއެވެ. އަދި، ނިމިދިޔަ ޖަނަވަރީ މަހު ދިވެހި ދައުލަތުން ހަރަދުވެފައިވާ ރުފިޔާގެ ޖުމްލަ އަދަދަކީ، 2.9 ބިލިއަން ރުފިޔާއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 3.2 ބިލިއަން ރުފިޔާއާއި އެނޫން އާމްދަނީގެ ގޮތުގައި ލިބުނު 328 މިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު 2.5 މިލިއަން ރުފިޔާއެވެ.

އަދި މީގެ އިތުރުން، މިދިޔަ ސަރުކާރުން މިދިޔަ އަހަރުގެ މިދުވަސްވަރު 4.9 ބިލިއަން ރުފިޔާ ދައުލަތުގެ ރުފިޔާއިން ހަރަދުކޮށްފައިވާކަމަށާއި މި ސަރުކާރުން މިއަހަރުގެ ޖަނަވަރީ މަހު ކޮށްފައި މިވަނީ 2.9 ބިލިއަން ރުފިޔާކަމަށް ވުމުން ދައުލަތުގެ ރުފިޔާއިން ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރެވިފައިވާކަމަށް މާލީވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހިނގާފައިވާ ހަރަދުތައް

  • ރިކަރަންޓް ޚަރަދު - 2.5 ބިލިއަން ރުފިޔާ
  • ކެޕިޓަލް ޚަރަދަ - 446.9 މިލިއަން ރުފިޔާ

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ 3.2 ބިލިއަން ރުފިޔާއަކީ، އިމްޕޯޓް ޑިއުޓީ، ބީޕީޓީ، ޖީއެސްޓީ އަދި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއިން ލިބިފައިވާ މިންވަރެވެ.

އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 176.8 މިލިއަން ރުފިޔާލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާލިބިފައިވެއެވެ. އަދި، ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާއާއި ގްރީން ޓެކްސްގެ ގޮތުގައި 93.7 މިލިއަން ރުފިޔާއާއި އެއަރޕޯޓް ސަރވިސް ޗާޖަށް ނަގާ މިންވަރުގެ އިތުރުން ޑިޕާޗަރ ޓެކްސްގެ ގޮތުގައި 85.2 މިލިއަން ރުފިޔާ ދިވެހި ދައުލަތަށް ލިބިފައިވާކަމަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓުން ދައްކައެވެ.
މި ލިއުމާއި ގުޅޭ