މީޑިއާނެޓް އޮޓޯރިނިއުވަލްގެ ހިދުމަތާއިއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މީޑިއާ ނެޓުން މިއަދު މައުލޫމާތުދިން ގޮތުން މީގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ނުދެއްކުމުން މީޑިއާނެޓުގެ ހިދުމަތް މެދުކަނޑާލެވެއެވެ. ނަމަވެސް އޮތޯ ރިނިއުވަލްގެ ހިދުމަތް ތައާރަފްކުރިފަހުން އެކަންކަމަށް ހައްލެއްލިބި މެދުނުކެނޑި މީޑިއާނެޓުގެ ޗެނަލްތައް ބެލޭނެކަމަށް މީޑިއާނެޓުން މައުލޫމާތު ދީފައިވެއެވެ.
މީޑިއާނެޓުން މައުލޫމާތުދިން ގޮތުން އޮޓޯ ރިނިއުވަލްގެ ހިދުމަތް ބައްލަވާގަނެގެން ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މީޑިއާނެޓުން އިތުރަށް ބުނެފައިވަނީ، އިއްޔެ ފެށުނު ޕްރޮމޯޝަން ކުރިއަށް ގެންދާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން، މުއްދަތު ހަމަވުމުގެ ކުރިން، އޮތޯ ރިނިއުވަލްއަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ގުރުވަތުލައި ގުރުއަތުން ހޮވާލެވޭ 3 ފަރާތަކަށް ހާއްސަ އިނާމުތަކެއް ލިބޭނެކަންވެސް މީޑިއާނެޓުން ފާހަގަކޮށްފައިވެއެވެ.
މީޑިއާނެޓް އޮޓޯ ރިނިއުވަލްއަށް ރަޖިސްޓަރކުރެއްވުމަށް މީޑިއާނެޓުގެ ކުއިކްޕޭ ޕޯރޓަލް (https://my.medianet.mv) އަށް ވަޑައިގެން، އެކައުންޓާ ބެހޭ މައުލޫމާތު ޖެއްސެވުމަށްފަހު، މިހާރު ހިދުމަތް ހޯދަމުން އަންނަ ޕެކޭޖާއެކު ކުރިއަށް ދިޔުމަށް ބޭނުންވާކަން ނުވަތަ އައު ޕެކޭޖަކަށް ފިއްތަވާލުމަށްފަހު، އޮތޯ ރިނިއު ކުރުމަށް ކަނޑައަޅާފައިވާ ގޮޅީގައި ފާހަގަކުރުމަށް މީޑިއާނެޓުން މައުލޫމާތުދީފައިވެއެވެ.
އެއަށްފަހު، ނަގާފައިވާ 30 ދުވަހުގެ ސަބްސްކްރިޕްޝަން ހަމަވުމުން ޕޭމަންޓުތައް އަމިއްލައަށް ރިނިއުވާންފަށާނެކަމަށް މީޑިއާނެޓުން މައުލޫމާތުދީފައިވެއެވެ.
'އޮޓޯ ރިނިއުވަލް' ގެ ހިދުމަތަކީ މެދުކެނޑުމެއްނެތި މުނިފޫހިފިލުވުމުގެ މަގްސަދުގައި މީޑިއާނެޓުން ތައާރަފްކޮށްފައިވާ ހިދުމަތެކެވެ.