Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ހިންގި މާރާމާރީ ފުލުހުން ތަހުގީގުކުރަނީ

ގައުމީ ފުޓުބޯޅަ ދަނޑުގައި ހިންގި މާރާމާރީ ތަހުގީގުކުރަން ފަށާފައިވާކަމަށް ފުލުހުން މައުލޫމާތުދީފިއެވެ.

އިއްޔެ ގަލޮޅު ދަނޑުގައި ކުޅެމުންދިޔަ 2 ވަނަ ޑިވިޝަންގެ ކުޑަހެންވޭރާއި ވިކްޓަރީ ކުޅެމުންދިޔަ މެޗުގެ 82 ވަނަ މިނެޓުގައި ހޫނުވެފައިވެއެވެ. ދަނޑުގައި ހިންގި ހަމަނުޖެހުން އިތުރަށް ހޫނުވެ މާރާމާރީއަށް ބަދަލުވެފައިވަނީ، ކުޑަހެންވޭރު ފުޓުބޯޅަ ޓީމަށް ސަޕޯޓުކުރަން ދަނޑަށް ގޮސްތިބި ސަޕޯތަރުންތަކެއް ކުޅެމުންދިޔަ ޕިޗަށް އަރާ މާރާމާރީ ހިންގުމާއިގުޅިގެންނެވެ. އެ މާރާމާރީގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ކުޑަހެންވޭރުގެ ސަޕޯޓަރުން ހަމަލާދީފައިވެއެވެ.

މިއަދު ފުލުހުން މައުލޫމާތު ދިން ގޮތުން އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

އިއްޔެ ކުޅެވުނު މެޗުގައި ކުޑަހެންވޭރުގެ ސަޕޯޓަރުންނާއި ފުލުހުންނާވެސް ކުރިމަތިލުން ހިނގާފައިވެއެވެ. އަދި، ދަނޑުގައި ސެކިއުރިޓީއަށް އެހީވުމަށް އިތުރު ފުލުހުންވެސް އައިސްފައިވެއެވެ.

ހަމަނުޖެހުން ހޫނުވެ މާރާމާރީއަށް ބަދަލުވި އިރު މެޗުގެ ނަތީޖާ އޮތީ 1 ލަނޑު 3 ލަނޑުގެ ތަފާތުން ވިކްޓްރީ ކުރީގައެވެ.

ކުޑަހެންވޭރާއި ވިކްޓްރީ ބައްދަލުކުރި މެޗު ހޫނުވެފައިވަނީ، ކުޑަހެންވޭރަށް ކުޅެމުންދާ މުހައްމަދު ހާޒިމް ރިއްފަތު ވިކްޓްރީގެ ބިދޭސީ ކުޅުންތެރިއާ އެނަޓޮލީ އަށް ޓެކްލް ކުރުމުން އޭނާ ހާޒިމް ގައިގައި ކޮޅުފައިން ޖެހުމާއި ހިސާބުންނެވެ. އެނަޓޮލީގެ އަމަލަށް މެޗު ބަލަހައްޓަމުން ދިޔަ ރެފްރީ ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ދައްކާފައިވަނީ، ރީންދޫ ކާޑެކެވެ.

އެހެންކަމުން، ހަމަނުޖެހުން ހިންގި މެޗާއި ދޭތެރޭ ގޮތެއް ނިންމާނީ އިމަޖެންސީ ކޮމިޓީއާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހުގައިކަމަށް އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ޝިބާ ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ