Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ވާނުވާ ބަންދަކީ ހަމައެކަނި ގާނޫނަށް ބަދަލު ގެނެސްގެން ހައްލުވާނެ މައްސަލައެއް ނޫން: ޕީޖީ

ވާނުވާ ބަންދުގެ މައްސަލަ އަކީ ގާނޫނު އެކަނި އިސްލާހުކޮށްގެން ހައްލުވާނެ މައްސަލައެއް ނޫންކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިފަދައިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވާނުވާ ބަންދާ ގުޅިގެން ރައީސުލްޖުމުުރިއްޔާ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ފުޅާއި ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ވަކި މުއްދަތެއް ނެތި ބަންދުގައި ތިބުން ނުވަތަ 'ވާނުވާ ބަންދުގައި' ތިބޭ މީހުންގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް މި މަސްތެރޭ ފަށާނެ ކަމަށާއި އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް، މިފެށޭ މަޖިލީހުގެ 20 ވަނަ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެކަމަށެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުން ދެކޭގޮތުގައި މި މައްސަލައަކީ ހަމައެކަނި ގާނޫނަކުން އިސްލާހު ގެނެވޭނެ މައްސަލައެއް ނޫން ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ވާނުވާގައި ތިބޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާ ދިއުން ގުޅެނީ، ކޯޓުތަކުގެ ސްޕީޑާއި، ޖާގައިގެ ދަތިކަމާ ކަމަށެވެ.
ޕީޖީ އޮފީހުން ވަނީ ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯއްދައިދޭނެ ކަމަށް ބުނެފައިވާކަން ފާހަގަކޮށް އެކަމުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައެވެ.
މީގެއިތުރުން ޕީޖީ އޮފީހުން ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށް ފަހު، ޝަރީއަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ 2019 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް ހައްލުކުރުމަށް މަސައްކަތް ކުރާ މައްސަލައެއް ކަމަށާއި އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލިޔެފައިވާކަމަށެވެ.
އަދި އެ ބަދަލާ އެކު ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ހާލަތު ބަދަލުވޭތޯ ބަލައި ގަވާއިދުން މިހާރު ވެސް މުރާޖައާ ކުރަމުންދާކަން އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
އެ އޮފީހުން އިތުރަށް ބުނީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ހުށަހަޅާ އިސްލާހުތަކަށް ގާނޫނީ ހަމަތަކުގެ މަތިން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށާއި ގާނޫނަށް ގެންނަ ބަދަލުތައް ތަންފީޒު ކުރަން ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ.
އަދި ވާނުވާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަސައްވުރެއް އެ އޮފީހުން މިހާރު ވެސް ގެންގުޅެމުން ދާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީން ބުނިގޮތުގައި އެ އޮފީހުގެ ސިޔާސަތަކީ، ޖިނާއީ ކުށުގެ އަމަލުތަކުގައި ޝާމިލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި، މުޖުތަމައުގެ އަމަންމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި ކުށްކުރުން މަދުކުރުމަށް ދޭ އިސްކަމާއެކު ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާހުވުމުގެ ފުރުސަތު ގާނޫނު ތަންދޭ އެންމެ ފުޅާމިނެއްގައި ފަހިކޮށްދިނުމެވެ.

މި ލިއުމާއި ގުޅޭ