Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ޙައްޖުވެރިންނަށް އެހީތެރިވުމުން ސައޫދީގައި ކިޔަވަން ތިބޭ ދިވެހިންނަށް ހައްޖުވުމުގެ ފުރުސަތު ދެނީ

ހައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް އެހީތެރިވެދޭ ސައޫދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖު މިނިސްޓްރީން ބަލައިގެންފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވިގޮތުގައި ސައޫދީ ސަރުކާރުން އެކަމަށް އެއްބަސްވެ އެކަން މިހާރު ހަމަޖެހިފައިވާކަން ރަސްމީކޮށް ދިވެހި ސަރުކާރަށް މިއަދު ވަނީ އަންގާފައެވެ.

ޝަހީމް ވިދާޅުވީ ރާއްޖެއިން ރަސްމީ ކޯޓާގައި 1،000 މީހުން ހައްޖަށް ދާކަމަށާއި އެ ގައުމުގެ އެތެރޭގެ ޓްރާންސްޕޯޓް ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އަރަބި ބަސް ދަންނަ މީހުން މަދުވީމާ ބައެއް ފަހަރު ވަރަށް ދަތިތައް ހައްޖުވެރިންނަށް ދިމާވާކަމަށާއި އެހެންވެ އެ ލިބުނު ހުއްދައާ އެކު އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ސައޫދީގެ ރައްޔިތުންނާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ހިނގާ އުސޫލާ އެއްގޮތަށް ސައޫދީގެ ހައްޖު މިނިސްޓްރީން ކުރިން މީގެ ކަނޑައަޅާފައި އޮންނަ ގޮތުން ނަމަ، އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރެވެ.
ޝަހީމް ވިދާޅުވީ ސައޫދީ ސަރުކާރުގެ އެ ނިންމުމާ އެކު އެ ގައުމުގެ ޔުނިވާސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާނެ ކަމަށާއި އަދި ދަރިވަރުންނަށް އެ ފުރުސަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށެވެ.
މި ލިއުމާއި ގުޅޭ