Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

މެދުއިރުމަތީގައި ހަލަބޮލިކަން އުފައްދަން މަސައްކަތްކުރަމުންދަނީ އެމެރިކާ: ޗައިނާ

މެދުއިރުމަތީ ސަރަހައްދުގައި ހަލަބޮލިކަން އުފައްދަން މަސައްކަތްކުރަމުންދަނީ އެމެރިކާއިން ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާއިން އދ އަށް ކަނޑައަޅާފައިވާ ސަފީރު، ޒާންގް ޖޫން މިހެން ވިދާޅުވެފައިވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ މެދުއިރުމަތީ ސަރަހައްދަށް ހަމަލާދީ ހަލަބޮލިކަން އުފައްދަނީވެސް އެމެރިކާއިން ކަމަށެވެ. އެގޮތުން ހަފްތާ ބަންދުގައި ސީރިއާ އާއި އިރާގަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކާއެކު އެދެގައުމުގެ އިސްތިގުލާލާއި މިނިވަންކަމާއި ސަރަހައްދީ އެއްބައިވަންތަކަމާ ވަރަށް ބޮޑަށް އަރައިގަނެފައިވާ ކަމަށް ޗައިނާ ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަފީރު ވިދާޅުވީ، މެދުއިރުމަތީ ނުވަތަ އެހެން ސަރަހައްދެއްގައިވެސް ހަމަނުޖެހުން އުފައްދަން އެމެރިކާއިން މަސައްކަތް ނުކުރާކަމަށް އެގައުމުން ބުނި ނަމަވެސް އެމެރިކާގެ އަމަލުތައް ހުންނަނީ އެއާޚިލާފުކޮށް ކަމަށެވެ.

"އެމެރިކާގެ އަސްކަރީ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަލަބޮލިކަން އުފެދި، ހަމަނުޖެހުންތަކާއި ހަމަލާތައް އިތުރަށް ވަރުގަދަވަމުންދަނީ." ސަފީރު ވިދާޅުވިއެވެ.

ޗައިނާޢިން މިފަދަ ތުހުމަތު ތަކެއް ކޮށްފައިވާއިރު، މިދިޔަ ހަފްތާ ބަންދުގައި އިރާގާއި، ސީރިއާގެ ބައެއް ސަރަޙައްދުތަކަށް އެމެރިކާއިން ވަނީ މިސައިލް ހަމަލާތަކެއް ދީ މުޖާހިދުންތަކެއް ޝަހީދުކޮށްލާފައެވެ.

ޗައިނާއާއި އެމެރިކާއަކީ ފިނިހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ސިޔާސީ ގޮތުންނާއި، އިޤްތިޞާދީއާއި، ވިޔާފާރީގެ މައިދާނުގައިވެސް ވަރަށް ވާދަވެރި ދެ ގައުމެވެ. އެދެގައުމުން ކެނޑިނޭޅި މިފަދަ ތުހުމަތުތައް އެއްގައުމު އަނެއްގައުމަށް ދަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ