Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގެ ހާލަތު އެސެސްކޮށް އިކޮނޮމިކް ކައުންސިލަށް ރިޕޯޓެއް ހުށަހަޅަނީ

ހުރިހާ އެއާޕޯޓެއްގެ ހާލަތު އެސެސްކޮށް އިކޮނޮމިކް ކައުންސިލަށް ރިޕޯޓެއް ހުށަހަޅަން ނިންމައިފިއެވެ.

ރާއްޖޭގައި ގާއިމްކޮށްފައިހުރި ހުރިހާ އެއާޕޯޓުތަކަކާއި ގުޅޭ މައުލޫމާތުތައް އެއްތަންކޮށް އެ އެއާޕޯޓުތަކުގެ ހާލަތު އިނގޭނެ ރިޕޯޓެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ނިންމަވާފައިވާކަމަށް މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން ވިދާޅުވީ، ރާއްޖޭގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ގާވެފައިވާ އެތައް ރަށެއް ވާކަމަށެވެ. އަދި މީގެ އިތުރުން އެއާޕޯޓެއް އަޅާނެކަމަށްބުނެ މަސައްކަތް ފެއްޓިފައިނުވާ ރަށްތައް ވާކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމުގެ މަތިން ރާއްޖޭގައި ގައުވެފައިވާ މަޝްރޫރުތައް ފައްޓަވައިދެއްވާ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގައި އިތުރު އެއާޕޯޓު އަޅައިދެއްވާނެކަމަށް އަމީން ވިދާޅުވެފައިވެއެވެ.

އަޅުގަނޑު ހަނދާންވާ ގޮތުގައި ރައީސް މުއިއްޒުގެވެސް ވައުދުފުޅެއް އެބައޮތް 6 އެއަރޕޯޓެއް އިތުރަށް ބިނާކުރުމުގެ. އެވެސް ޕްލޭނިން މިނިސްޓްރީގެ ތެރޭގައި ޕްލޭނިން މަސައްކަތް އެބަ ކުރިއަށްދޭ. ވަރަށް އަވަހަށް އެއަރޕޯޓްތައް ހެދުމުގެ ތާވަލެއް އިއުލާން ކުރެވިގެންދާނެ.
އަމީން ވިދާޅުވި

އެބޭފުޅާ ވިދާޅުވީ، ރާޢްޖޭގައި މިހާރު އޮޕަރޭޓުކުރަމުން ގެންދާ އެތައް އެއާޕޯޓެއްގައި މައްސަލަތައް ޖެހެމުންދާކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށްޓަކައި ހާލު ބަޔާންކުރާ ރިޕޯޓު ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ލިޔެނިންމާނެކަން އަމީން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ޖުމްލަ 17 އެއާޕޯޓު ހިންގައެއްވެ، އޭގެ ތެރޭގައި 4 އިންޓަރނޭޝަނަލް އެއާޕޯޓް ހިމެނެއެވެ

މި ލިއުމާއި ގުޅޭ