Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ ކަސްޓަމަރަކަށް 'ދޯހާ މެރަތަން' ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ

އުރީދޫގެ ކަސްޓަމަރަކަށް 'ދޯހާ މެރަތަން' ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މި މަހު ބާއްވަން ހަމަޖެހިފައިވާ ލަކީޑްރޯއިން ނާގާލެވޭ ފަރާތަކަށް މި މަހު 16 ވަނަ ދުވަހު ގަތަރުގެ ދޯހާގައި އިންތިޒާމުކުރާ އުރީދޫ ދޯހާ މެރަތަން ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތުލިބޭ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ފެބްރުއަރީ 10 ވަނަ ދުވަހުގެ ރޭގަނޑު 12 ޖެހުމާއި ހަމައަށް ހުޅުވާލެވިފައިވާކަމަށް އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެއެވެ

މެރަތަންގެ ދުރުމިން

  • މެރަތަން - 42 ކިލޯމީޓަރު
  • ހާފް މެރަތަން - 21 ކިލޯމީޓަރު
  • އާދައިގެ މެރަތަން - 10 ކިލޯމީޓަރު
  • އާދައިގެ މެރަތަން - 5 ކިލޯމީޓަރު
  • ޖޫނިއާ މެރަތަން - 5 ކިލޯމީޓަރު (އުމުރުން 13-17)
  • ކުޑަކުދިން - 1 ކިލޯމީޓަރު (13 އަހަރުން ދަށް)

މީގެ އިތުރުން، ދޯހާ މެރަތަންގައި 15،000އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެކަމަށް އުރީދޫއިން މައުލޫމާތުދީފައިވެއެވެ. އަދި، މި މެރަތަންގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 21 ކިލޯމީޓަރާއި ހަމައަށް ހުރިހާ ދުރުމިން ކެޓަގަރީއަކުން ވާދަކުރެވޭނެއެވެ.

އުރީދޫގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ، އުރީދޫގެ ކަސްޓަމަރެއްގެގޮތުގައި މަދުވެގެން 1 އަހަރު ހިދުމަތް ލިބިގަނެފައިވާނަމައެވެ. އަދި ހަމައެހެންމެ، ލަކީޑްރޯގައި ބައިވެރިވެވޭ ސިއްހަތެއްގެ 42 ކިލޯމީޓަރު ނުވަތަ 21 ކިލޯމީޓަރުގެ މެރަތަންއެއް ދުވުމުގެ ސިއްހީ ގާބިލުކަން ހުންނަ ފަރާތްތަކަށެވެ.

މި ލިއުމާއި ގުޅޭ