Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މިހާތަނަށް 329 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި، އަމާޒަކީ ދުވަހުން ދުވަހަށް ފައިސާ ދިނުން

މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން މިހާތަނަށް 329 މިލިއަން ރުފިޔާ ރުފިޔާ ސަރުކާރުން ދީފައިވާކަމަށާއި، ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. އެކަން ކުރުމަށް ރާއްޖޭގެ މަސްވެިރކަން ފުޅާކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ މުޅި ސަރަހައްދުން ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި، މަސްވެރިކަމުގެ އައު ބާވަތްތައް ތައާރަފުކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމާއި، އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުމަކީ ސަރުކާރުން އިސްކަންދީގެން ކުރާނެ ކަންކަމަށް ރައީސް ވިދާޅުވއިެވެ.

"އެއާއެކު، [ސަރުކާރުން އިސްކަންދެނީ] ދިވެހި މަސްވެރިކަން ފުޅާކުރަން. ރާއްޖޭގެ އިޤްތިޞާދީ މުޅި ސަރަޙައްދުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުން. މަސްވެރިކަމުގެ އާ ބާވަތްތައް ތަޢާރަފްކުރުން. މަސްވެރި އުފެއްދުންތައް އިތުރުކުރުން. އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުން،" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރު ކުންފުނިތަކުން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން މިހާތަނަށް 329،953،144 (ތިން ސަތޭކަ ނަވާވީސް މިލިޔަން ނުވަސަތޭކަ ފަންސާސް ތިން ހާސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) މަސްވެރިންނަށް ސަރުކާރުން ދީފައިވާ ކަމާށެވެ.

އެހެންނަމަވެސް އިތުރަށްވެސް ފައިސާ ނުދެވިހުރިކަން ފާހަގަކުރައްވައި ރައީސް ދެއްވި ޔަގީންކަމަކީ އެފައިސާވެސް ވީހާވެސް އަވަހަކަށް މަސްވެރިންނަށް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގެ ޔަގީންކަމެވެ.

އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދުވަހުން ދުވަހަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުންކަމަށާއި، މިހާރު އެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ވަރަށް އަވަހަށް އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން.،" ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ