Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.

މާލީ ރިޕޯޓުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ބީއެމްއެލްގެ ފައިދާ 2022 ވަނަ އަހަރަށްވުރެ %17 އިތުރެވެ.

ބީއެމްއެލްއަށް މިިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިއީ 2022 އަހަރާ އަޅައިބަލާއިރު 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބީއެމްއެލްއަށް 2022 ގައި ލިބުނީ 1.6 ބިލިއަން ރުފިޔާކަމަށްވާއިރު މިއީ 200 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ބީއެމްއެލްގެ ތާރީޚުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ މިދިޔަ އަހަރުއެވެ. އޭގެކުރިން އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ 2021 ގައެވެ. އެ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާއެވެ.
ބީއެމްއެލްއިން މިދިޔަ އަހަރު ދޫކޮށްފައިވަނީ 5 ބިލިއަން ރުފިޔާގެ ލޯނެވެ. މި ގޮތުން މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ 19 ބިލިއަނަށް އަރައިފައެވެ. ޑިޕޮސިޓްކޮށްފައިވާ އަދަދަކީ 31 ބިލިއަން ރުފިޔާއެވެ. އަދި އެ ބޭންކްގެ ރައުސުލްމާލުގެ އަގު 45 ބިލިއަނަށް އަރައެވެ.
ބީއެމްއެލްއިން މިވަގުތު 340,000 ކަސްޓަމަރުން ޚިދުމަތް ހޯދަމުން އަންނައިރު 85 މިލިއަން އިންޓަނެޓް ޓްރާންސެކްޝަން ހިންގާފައިވެއެވެ.
މި ލިއުމާއި ގުޅޭ