Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަހީމް

ކީރިތި ރަސޫލާ 1 މަސް ޤުނޫތުއް ނާޒިލާ ވިދާޅުވުމަށްފަހު ދޫކޮށްލެއްވި: ޑރ. ޝަހީމް

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ 1 މަސް ޤުނޫތުއްނާޒިލާ ވިދާޅުވުމަށްފަހު ދޫކޮށްލެއްވިކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްއަށް ކުރެއްވި ޕޯށްޓެއްގައެވެ.

ޤުނޫތަކީ ފަރުޟު 5 ނަމާދުގެ ފަހު ރަކުއަތުގައި ރުކޫއިން ތެދުވެ ކިޔާ ދުޢާއެކެވެ. އިސްލާމީ ޝަރީއަތުގެ އަސާސީ މަސްދަރުތަކުގެ ތެރެއިން 2 ވަނަ އަސާސަކީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. އަދި، ރަސޫލާގެ ސުންނަތުން ޤުނޫތުއްނާޒިލާ މުސީބާތްތަކުގައި ވިދާޅުވެފައިވާކަން ފެންނަން އޮވެއެވެ. އެގޮތުން، ރަސޫލާގެ ދުވަސްވަރުގައި އަރަބި ގަބީލާތަކެއްގެ ބަޔަކު ރާވައިގެން ސަހާބީންތަކެއް ޝަހީދުކޮށްލުމުންވެސް ޤުނޫތުއްނާޒިލާ ވިދާޅުވެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މުސީބާތުން ރައްކާތެރިކަން ދެއްވުމަށް އެދި ކިޔަމުން ގެންދިޔަ ޤުނޫތުއްނާޒިލާ ކިޔުން ހުއްޓައިލުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ތަފާތު ސުވާލުތައް ކުރަމުންނެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުސީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ ވިދާޅުވެފައިވަނީ 1 މަސްދުވަހުގެ މުހުލަތަކަށްކަމަށެވެ.

އެހެންކަމުން، ޤުނޫތުއްނާޒިލާ ކިޔުން ހުއްޓާލަން ނިންމާފައިވާ ނިންމުމަކީ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންތަށް ތަބާވުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަން ވަޒީރު ޑރ. ޝަހީމް އެކްސްއަށް ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ