Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނަމާދު

މިއަދުން ފެށިގެން ޤުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

ފަލަސްޠީނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ މިސްކިތްތަކުގައި ކިޔަމުން އަންނަ ޤުނޫތު ނާޒިލާ ކިޔުން މިއަދުން ފެށިގެން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ރަށު/ސިޓީ ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ޤުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ކަމަށެވެ.
އިޒްރޭލްގެ ސަޙްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދެއްވައި އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އެންގީ މިދިޔަ އޮކްޓޫބަރު 11 ގައެވެ.
އޭރު އެންގީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށެވެ.
އޭގެފަހުން އެ މަހުގެ 18 ވަނަ ދުވަހު ވަނީ ފަރުޟު ފަސް ނަމާދުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔަން އަންގައިފައެވެ. އަނެއްކާ ވެސް ޑިސެމްބަރުގައި ވަނީ ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔަން އަންގައިފައެވެ.
މި ލިއުމާއި ގުޅޭ