Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޯނުތައް

ނިމުނު އަހަރު 3 އެސްއޯއީއަކަށް 750 މިލިއަން ރުފިޔާގެ ލޯނު ނަގަން ސޮވެރިން ގެރެންޓީ ދޫކުރި

ފާއިތުވި އަހަރު ދައުލަތުގެ ހިއްސާ އޮތް 3 ކުންފުންޏަކަށް 750 މިލިއަން ރުފިޔާގެ ލޯނު ނެގުމަށް އެއިރުގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ދައުލަތުގެ ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރު ފެނަކައާއި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އާއި މިފްކޯއަށް ލޯނު ނެގުމަށް ސޮވެރިން ގެރެންޓީ ދޫކޮށްފައިވެއެވެ.

އެގޮތުން މިފްކޯއިން ކޫއްޑޫއާއި ތިނަދޫގައި ހުރި ވަސީލަތްތައް ތަރައްޤީކުރުމަށާއި، މަސް އުޅަނދުފަހަރު ގަތުމަށް ހަބީބް ބޭންކުން 150 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އެ ލޯނު ނަގާފައިވަނީ ދައުލަތުން ގަރަންޓީ ދީގެންނެވެ.

އޭގެ އިތުރަށް ފެނަކައިގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކޭޝް ފްލޯގެ މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ދެ ފަހަރެއްގެ މަތިން ޖުމްލަ 400 މިލއިަން ރުފިޔާ ދަރަންޏަށް ނަގާފައިވެއެވެ.

އަދި އެޗްޑީސީއަށްވެސް 6.4 މިލިއަން ޑޮލަރުގެ ލޯނެއް މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 100 މިލިއަން ރުފިޔާއެވެ. އޭގެ އިތުރަށް އެކުންފުނިންވަނީ 100 މިލިއަން ރުފިޔާގެ އިތުރު ލޯނެއްވެސް އެމްއައިބީން ނަގާފައެވެ.

މި ތިން ކުންފުނިން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު 750 މިލިއަން ރުފިޔާއަށް އަރައެވެ. މިހުރިހާ ލޯނުތަކަށް ސަރުކާރުންވަނީ ދައުލަތުގެ ގެރެންޓީ ދޫކޮށްފައެވެ. ކުރީ ސަރުކާރުގައި މި ލޯނުތަކަށް ދައުލަތުގެ ގެރެންޓީ ދޫކުރިކަން އޮތީ ސިއްރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ