Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 29 އަަހަރާއި 36 އަހަރުގެ މީހެކެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ފުލުހުން ބުނީ މި މައްސަލާގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 21 ޕެކެޓް ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެއްޗަކީ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށް އެ މީހުން ވަނީ ބުނެފައެވެ.
މި ދެ މީހުން 15 ދުވަހަށް ބަންދުކޮށްފައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ މި މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދިި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށެވެ.
މި ލިއުމާއި ގުޅޭ