Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ފްރާންސްގެ ރޭލްވޭ ސްޓޭޝަނެއްގައި ވަޅިން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލައިފި

ފަރަންސޭސި ވިލާތުގެ ޕެރިހުގެ ހަލަބޮލި ގަރޭ ޑި ލިޔޯން ރޭލު ސްޓޭޝަނުގައި ހޮނިހިރު ދުވަހުގެ ފަތިހު ވަޅިއަކާއި މަރުތޭލެއް ހިފައިގެން މީހަކު ވަދެ ތިން މީހަކު ޒަހަމްކޮށްލައިފިއެވެ.

އެ ޢަމަލު ހިންގި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ކޮން ގައުމެއްގެ މީހެއްކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާ ވަޅިން ހަމަލާދީފައިވަނީ ޑޮމެސްޓިކް ރޭލުތަކުގެ އިތުރުން ސްވިޓްޒަލޭންޑާއި އިޓަލީއަށް ދަތުރުކުރާ ސްޓޭޝަންގައެވެ.

މި ހާދިސާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އަނެއް ދެ މީހުންނަށްވެސް ކުދި ޒަޚަމް ތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި އޭނާއަތުގައި އޮތީ އިޓަލީއަށް ނިސްބަތްވާ ޑްރައިވިން ލައިސަންސްކެވެ.

ނޮވެމްބަރު 13، 2015 ގައިވެސް ޕެރިހުގެ ބޮޑެތި ސިޓީތަކުގައި އައިއެސްގެ ޓެރަރިސްޓް ހަމަލާތަކެއް ދީ، ރެސްޓޯރެންޓްތަކާއި ކޮންސެޓް ހޯލަކާއި ދަނޑެއްގައި ބޮން ގޮއްވާލުމާއި ބަޑިޖެހުމުގެ ހާދިސާގައި 130 މީހުން މަރުވެ 350 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ.

އެ ހަމަލާދިނީ ސީރިއާގައި ހަރުކަށި ޖަމާއަތްތަކާ ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައިސްފައިވާ ފްރާންސް އަދި ބެލްޖިއަމްގެ ރައްޔިތުން ކަމަށް ފްރާންސްގެ ރަސްމީ އިދާރާތަކުން ވަނީ އޭރު ބުނެފައެވެ.

މި ލިއުމާއި ގުޅޭ