Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އެޓޯލް ރަންގެ 1 ވަނައަށް ދާ ފަރާތަކަށް އެސް 24 އަލްޓްރާއެއް ދެނީ

އެޓޯލް ރަންގެ 1 ވަނައަށް ދާ ފަރާތަކަށް އެސް 24 އަލްޓްރާއެއް ދޭން ނިންމައިފިއެވެ.

އުރީދޫ ފަން ރަންގެ ދުވުންތެރިންނަށް ލިބިފައިވާ ޕޮއިންޓްތައް އުރީދޫ ފަން ރަން ލީޑާބޯޑުން ފެންނާނެކަމަށް އުރީދޫއިން މައުލޫމާތުދީފިއެވެ. އެގޮތުން އެ ލީޑާބޯޑުން ފަން ރަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ 10 ފަރާތެއްގެ ޕޮއިންޓު ފެންނަން ހުންނާނެކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.

އަދި، އުރީދޫ ފަން ރަންގެ ޕާޓްނަރަކީ ސެމްސަންގްއެވެ. އެގޮތުން ސެމްސަންގްއާއި އުރީދޫއާއެކު ވެވުނު އެއްބަސްވުމުގައި ވާގޮތުން ފަން ރަންގެ އެއްވަނައަށް ދާ ފަރާތަކަށް ސެމްސަންގް ފޯނެއް ދޭން ޖެހެއެވެ. އެގޮތުން، މި މަސް ނިމޭ އިރު އުރީދޫ ލީޑާބޯޑުގެ އެންމެ ކުރީގައި އުޅޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 24 އަލްޓްރާ ފޯނެއް ދޭން ނިންމާފައިވާކަމަށް އުރީދޫއިން މައުލޫމާތުދީފައިވެއެވެ.

އުރީދޫ ފަން ރަން ގޭމުގެ ބައިވެރިން ކަޑަތުކުރަން ޖެހޭ 12 ލެވަލްއެއްވެއެވެ. އަދި ކޮންމެ މަހަކު އެ ގޭމުގެ އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ. އަދި އުރީދޫ އާޓްވޯކުން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.

އަތޮޅު ދުވުމަކީ ވަކި އުމުރަކަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ދުވުމެއް ނޫނެވެ. އެއީ ހުރިހާ ބައިވެރިންނަކަށްވެސް ހުޅުވާލައިގެން ތައާރަފްކޮށްފައިވާ ދުވުމެކެވެ. އެއީ، އެންޑްލެސް ރަނާ ޖަންރާގެ ގޭމެކެވެ. އަދި މި ގޭމުގައި ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވެލްއެއް އޮންލޮކް ވެގެން ދާނެކަމަށާއި މި މަހު ގޭމުން ފެންނާނީ ހދ. ކުޅުދުއްފުށިކަމަށް ރުރީދޫއިން މައުލޫމާތުދީފައިވެއެވެ.

މި ގޭމަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންބަދަހިކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްކަމަށް އުރީދޫއިން ބުނެފައިވެއެވެ. އަަދި ރީތި ރަށްތަކެއް އެކުލެވިގެންވާ ރާއްޖޭގެ ރަށްތައް ބަލައިލުމަށް މި ފުރުސަތަކީ ރަނުގެ ފުރުސަތެއްކަން އުރީދޫއިން ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ