Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ގެވެށި އަނިޔާގެ މައްސަލަތައް އަވަސްކުރުމަށް ޕީޖީން ކޯޓުތަކަށް އޮޓަމެޓިކުން ސިޓީ ފޮނުވޭ ގޮތް ހަދައިފި

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމުގެގޮތުން, ގެވެށި އަނިޔާގެ މައްސަލަ ހުށަހަޅާފައިވާ ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުުން އޮޓަމެޓިކުން ސިޓީއެއް ފޮނުވޭ ގޮތަށް ހަދައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށާއި ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއެޅުމުގެ ގޮތުން މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ޕީޖީން އޮޓޯއިން ސިޓ ފޮނުވޭ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި ކަމަށެވެ.

ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށް ޕީޖީން ދަނީ އެކި ކަންކަން ތަޢާރަފްކުރަމުންނެވެ. މިގޮތުން މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް އޮންލައިންކޮށް ބެލޭނެ އިންތިޒާމް ޕީޖީ އޮފީހުގެ ވެބްސައިޓުގައި ވަނީ ޤާއިމްކޮށްފައެވެ.

އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް ޕީޖީން ދަނީ ޓެކެނޮލޮޖީގެ ބޭނުންކޮށްގެން ގިނަ ކަންކަން ތަޢާރަފްކުރަމުންނެވެ. ޕީޖީއޮފީހުން ބުނިގޮތުގައި އެއޮފީހުގެ އަމާޒަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދީ، މިކަމުގައި އޭނާގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ލިއުމާއި ގުޅޭ