Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

މިއަހަރުގެ ފުރަތަމަ 25 ދުވަސް މި ސަރުކާރުން ނިންމާލީ 414 މިލިއަން ރުފިޔާގެ އަރަނީގައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އައު އަހަރުގެ ފުރަތަމަ 25 ދުވަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓު ދަރަނިވެރި ނުވެ، އަރަނިވެރިކޮށް ނިންމާލެވުނުކަން މާލީ ހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 25 ޖަނަވަރީއާ ހަމައަށް ދައުލަތުން ދައްކަންޖެހޭ ދަރަންޏަށް ޚަރަދުކުރި މިންވަރު ޚަރަދުތަކުގައި ނުހިމަނައި އަރަނީގެ ގޮތުގައި 562.3 މިލިއަން ރުފިޔާ ހިސާބުކުރެވިފައިވެއެވެ.

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް ކުރި ޚަރަދު އުނިނުކޮށް އަރަނީގެ ގޮތުގައި ހިސާބުކުރެވިފައިވަނީ 31.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު އެ އަދަދުވަނީ 1712 އިތުރުވެފައެވެ.

ދައުލަތުގެ ދަރަނި އަދާކުރަން ކުރަންޖެހުނު ޚަރަދު ހިމަނައިގެން ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓު ދަރަނި/ ޑެފިސިޓުވަނީ 242.5 މިލިއަން ރުފިޔާއަށް އަރާފައެވެ. މި އަހަރު ދައުލަތުގެ ދަރަނީގެ ޚަރަދުތައް ހިމަނައިގެން ޚަރަދުތައް ހިސާބުކުރުމުން 414.2 މިލިއަން ރުފިޔާއިން ބަޖެޓުވަނީ ސާޕްލަސް ނުވަތަ އަރަނިވެފައެވެ.

ދައުލަތުގެ ބަޖެޓު އަރަނިވީ ދެ ސަބަބަކާހުރެކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެނެއެވެ. ފުރަތަމަ ސަބަބަކީ ނިމުނު އަހަރުގެ އެ މުއްދަތަށްވުރެ މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ފާއިތުވި އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ނަމަވެސް ބަޖެޓު އަރަނިވެރިވުމުގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ޚަރަދުތައް ފާއިތުވި އަހަރަށްވުރެ ވަރަަށް ބޮޑަށް ކުޑަކޮށްފައިވުމެވެ. އެގޮތުން ނިމުނު އަހރު 1.9 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މި އަހަރު ޚަރަދުކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް %25 ދަށްވުމެކެވެ.

ބަޖެޓުގެ ޚަރަދުތައް ކުޑަކުރައްވައި ދައުލަތުގެ ދަރަނި މެނޭޖުކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި ލިއުމާއި ގުޅޭ