Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޒަމީރު

ދިވެހި މަހުން ނަގާ ޑިއުޓި ކުޑަކޮށްދޭން މިނިސްޓަރ ޒަމީރު އީޔޫއަށް ގޮވާލައްވައިފި

ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކޮށްދޭން ފޮރިން މިނިސްޓަރު މޫސާ ޒަމީރު, ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މިއަދު ގޮވާލައްވައިފި އެވެ.

"އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް"ގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ހަމަހަމަ ފުރުސަތު ގާއިމުކޮށްދީ، ރާއްޖޭގެ އިގުތިސާދު ފުޅާ ކުރަން ކުރާ މަސައްކަތްތަކަށް އެހީވުމަށް، ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކޮށްދިނުމަށެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބޭއްވި މި ފޯރަމްގައި މިނިސްޓަރ ޒަމީރު ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާތަކަށް އިޤްތިސާދީ ގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ދަތިތަކަށް އަލިއަޅުއްވާލާފައެވެ. އަދި މިފަދަ ދަތިތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަމަށްވެސް ޒަމީރު އަލިއަޅުއްވާލެއްވިއެވެ.

ރައިސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދެނީ ރާއްޖޭގެ އަމިއްލަ ވިލުންވެރިކަން އިތުރުކުރުމަށް ކަމުގައި ކަމަށާއި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެނެސް، އިތުރު ދާއިރާތަކަށް އަމާޒުކޮށް ގިނަ މަޝްރޫއުތަކެއް ފަށާފައިވާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ..

ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަނީ ހަމައެކަނި މަހުގެ ބާވަތްތަކަށް ވާއިރު, މަހުގެ ބާވަތްތަކުން ޔޫރަޕިއަން ޔޫނިއަނުން ނަގާ ޑިއުޓީ ކުޑަކުރުމަކީ ރާއްޖެއަށްވެސް ބައިނަލްއަގުވާމީ މައިދާނުގައި ވިޔަފާރި އާއި އިންވެސްޓުކުރުމުގެ ހަމަހަމަ ފުރުސަތު ލިބިގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަނުން މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ރާއްޖެއަށް ބޮޑުކުރީ 2013 ގައި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔުމުންނެވެ. ކުޑަކޮށް ތަރައްޤީވެފައިވާ ޤާއުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު ލިބުނު ލުއިތައް ކަނޑާލައި މަހުގެ ޑިއުޓީ އީޔޫއިން ވަނީ %24 އަށް ބޮޑުކޮށްފައެވެ.

މި ލިއުމާއި ގުޅޭ