Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ޖެލީފިޝް ފެންނަ މޫސުން ކަމަށްވާތީ މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް އެދިއްޖެ

މިއީ ޖެލީފިޝް ފެންނަ މޫސުން ކަމަށްވާތީ މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އާންމުކޮށް މި މޫސުމުގައި ރާއްޖޭގެ ކަނޑުތަކާއި ބައެއް ރަށްރަށުގެ ގޮނޑުދޮށުން ގިނަ އަދަދަކަށް ޖެލީފިޝްގެ ބާވަތްތައް ފެނެއެވެ.
ޖެލީފިޝް ހަށިގަނޑުގައި ޖެހުމުން ދިލަނަގައި ހަންގަނޑުގެ ކުލަ ބަދަލުވެ ހިރުވާނެއެވެ. މިފަދަ ހާލަތްތަކުގައި ނުރައްކާވެދާނެފަދަ އަލާމާތްތަކުގެ ތެރޭގައި ވިހަވި ތަނަށް އާދަޔާ ޚިލާފަށް ތަދުވުން, އަކުނިވަޔަށް ދެމުން, ބޯ އަނބުރައި ހޮޑުލެވުން, އާދަޔާ ޚިލާފަށް ދާ ހިއްލައި މޭގައި ރިއްސުން އަދި ކަރުބެދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
ޖެލީފިޝް ހަށިގަނޑުގައި ޖެހިއްޖެނަމަ އަވަހަށް އެއްގަމަށް އަރައި ހަށިގަނޑުގައި ވިހައިގެ އަސަރުކޮށްފައިވާ ތަންތަނަށް ލޮނުފެން އަޅައި 30 ސިކުންތު ވަންދެން ދޮވެލުމަށް އެޗްޕީއޭއިން ލަފާދެއެވެ. އެއީ ވިހައިގެ އަސަރު ކުރުން ހުއްޓުވުމަށެވެ.
ވިހައިގެ އަސަރު ކުރި ތަންތަން ދޮވުމަށް ސާފު ފެން ބޭނުން ނުކުރުމަށާއި ޓުވީޒަރެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ހަންގަނޑަށް ހެރިފައިވާ ބައިތައް ނެގުމަށާއި ވިހައިގެ އަސަރު ކެނޑުވުމަށް ތާފަނާ ފެނަށް ލައިގެން 30 މިނެޓު މަޑުކޮށްލުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.
އެޗްޕީއޭއިން ވަނީ މިފަދަ ކަމެއް ދިމާވެ ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް އެދިފައެވެ.
މި ލިއުމާއި ގުޅޭ