Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫކްރެއިން

ޔޫކްރޭނަށް އިތުރު 50 ބިލިއަން ޔޫރޯގެ ހަތިޔާރު ދޭން އީޔޫގެ ލީޑަރުން އެއްބަސްވެއްޖެ

ޔޫކްރޭނަށް އިތުރު 50 ބިލިއަން ޔޫރޯގެ ހަތިޔާރު، ސަޕޯޓް ޕެކޭޖެއްގެ ގޮތުގައި ދޭން އީޔޫގެ ލީޑަރުން އެއްބަސްވެއްޖެއެވެ.
އީޔޫގެ ބަޖެޓުގެ ތެރެއިން ޔޫކްރެއިންއަށް އިތުރު ސަޕޯޓް ޕެކޭޖެއް ދިނުމަށް އީޔޫގެ ލީޑަރުން އެއްބަސްވެވަޑައިގެންފައި ވަނީ ޔޫރަޕިއަން ކައުންސިލްގެ ހާއްސަ ބައްދަލުވުމެއް ބްރަސަލްސްގައި ބޭއްވި ދަނޑިވަޅެއްގައިއެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް ވިދާޅުވީ އީޔޫގެ ބަޖެޓުގެ ތެރޭގައި ޔޫކްރެއިންއަށް އިތުރު 50 ބިލިއަން ޔޫރޯ (53.9 ބިލިއަން ޑޮލަރު) ގެ ސަޕޯޓް ޕެކޭޖެއް ދިނުމަށް 27 ލީޑަރުން ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.
އީޔޫގެ ލީޑަރުން ބްރަސަލްސްގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ލީޑަރުންވަނީ ޔޫކްރެއިންއަށް ތާއީދުކުރުމާއި މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިދިޔަ ޑިސެމްބަރު މަހު ހަންގޭރީގެ ދެކޮޅުހެދުމުގެ ސަބަބުން ކީވްއަށް 50 ބިލިއަން ޔޫރޯގެ މާލީ އެހީގެ ޕެކޭޖަކަށް ލީޑަރުންނަށް އެއްބަސްވެވޭ ގޮތެއް ނުވިއެވެ.
"މިކަމުގެ ސަބަބުން ޔޫކްރެއިންއަށް ހަރުދަނާ، ދިގު މުއްދަތުގެ، އަންދާޒާ ކުރެވޭ ވަރުގެ ފަންޑިންއެއް އޮންނާނެ. ޔޫކްރޭނަށް ތާއީދުކޮށް އީޔޫއިން ދަނީ ލީޑާޝިޕާއި ޒިންމާ ނަގަމުން، އަހަންނަށް އެނގޭ ނުރައްކަލަށް ހުށަހެޅިފައި އޮތް ގޮތް،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިޝޭލް ލިޔެފައިވެއެވެ.
މި އެއްބަސްވުމަށް މަރުހަބާ ދަންނަވަމުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވީ މިއީ ޔޫރަޕަށް ރަނގަޅު ދުވަހެއް ކަމަށެވެ.
މި ލިއުމާއި ގުޅޭ