Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙަތު

ދިވެހިން ތެލެސީމިއާއަށް ޓެސްޓުކުރުމަށް ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފި

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ގައުމީ ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އެ ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްދެއްވީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއެވެ.

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ފެށި މި ކެމްޕެއިނަކީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މިކެމްޕޭންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ސެޝަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ދިވެހިން ތެލެސީމިއާއަށް ޓެސްޓުކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ފަށާފައިވާ މިކެމްޕޭންގެ މަގުސަދަކީ ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމެވެ.

އެގޮތުން މި ކެމްޕެއިނުގެ ތެރެއިން ގައުމީ ފެންވަރުގައި އާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާއަށް ޓެސްޓްކުރުން ހިމެނެއެވެ.

މި ކެމްޕެއިނުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލިއުމާއި ގުޅޭ