Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

މަޖިލިސް އިންތިހާބު 2024: 93 ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސް ބާއްވަން ޕީއެސްއެމުން ނިންމައިފި

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ 93 ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސެއް ބާއްވަން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ނިންމައިފިއެވެ.

ޕީއެސްއެމްއިން މިޑިއާތަކަށް ބުނެފައިވާގޮތުގައި އެ ބަހުސް ފަށާނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ. އެގޮތުން ކޮންމެ ދުވަހަކު ފަސް ދާއިރާއެއްގެ ކެންޑިޑޭޓުންގެ ބަހުސް ބާއްވަން ނިންމާފައިވާއިރު ބަހުސް ދައްކާނީ ޕީއެސްއެމްގެ ޗެނަލް "ޔޭސް ޓީވީ" އިންނެވެ.
ޕީއެސްއެމްއިން ބުނީ ސިޓީތަކުގެ ދާއިރާތަކުގެ ބަހުސް ބާއްވާނީ އެ ސިޓީއެއްގައިކަމަށާއި އެހެންވެ، މާލެ އާއި ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫގެ ދާއިރާތަކުގެ ބަހުސް އޮންނާނީ އެ ސިޓީތަކުގައިކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ 93 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި ލިއުމާއި ގުޅޭ