Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ޕީޖީ ޝަމީމްއަށް ހަމަލާދިންކަަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ، ޝަމީމަށް ދިން ހަމަލާއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށްތަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވެފައިވަނީ، ޝަމީމަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނު ހިސާބުން ފަށައިގެން ފުލުހުންނަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެކަމުގެ އަޑީގައި އުޅޭ ބައެއް ހޯދަން މަސައްކަތް ފަށާފައިވާކަމަށެވެ.

އެހެންކަމުން ލިބިފައިވާ މައުލޫމާތުތަކާއި ހޯދުންތަކުގެ މައްޗަށް ބަރޯސާވެ ޝަމީމަށް ހަމަލާދިންކަމުގެ ތުހުމަތުގައި މިއަދު މެންދުރު 2 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ޝުޖާއު މައުލޫމާތުދެއްވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ޝަމީމަށް ހަމަލާދިން މީހުން އެ ޖަރީމާ ހިންގާފައިވަނީ ކާކުކަން ނޭންގޭގޮތަށް މޫނު ފޮރުވައިގެންކަމަށެވެ. އަދި މީގެ އިތުރުން، ފުލުހުންނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާއަކީ ވަރަށް ބޮޑަށް ރޭވިގެން ކުރެވުނުކަމެއްކަން ޝުޖާއު ވަނީ ފާހަގަކޮށްފައެވެ.

މި ދެންނެވި ގޮތަށް އަޅުގަނޑުމެން ހުރިހާ ރިސޯސަސްތަކެއް ބޭނުން ކޮށްގެން މި މީހުންނަކީ ކޮބައިކަން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވި މި މީހުން މި ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ.
ޝުޖާއު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެންމިއަދު 2 މީހުން ހައްޔަރު ކުރެވުނުކަމުގައިވިއަސް އަދިވެސް މި މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން، އެ ޖަރީމާގައި އިތުރު ބަޔަކު ޝާމިލުވުން އެކަށީގެންވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޖީއަށް ހަމަލާދިން މައްސަލައިގައި ތަހުގީގުގެ މަރުހަލާގައި ލިބެމުންދާ ކުރިއެރުންތައް ހާމަކުރައްވަމުންދާނެކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވެފައިވެއެވެ. ނަމަވެސް، ހައްޔަރުކޮށްފައިވާ 2 މީހުނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އިއްޔެ ހެނދުނު ޝަމީމަށް ސައިކަލެއްގައި އައި 2 މީހަކު ދިން ހަމަލައާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ، އެއީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ރައީސް އިބްރާހިމަށް އެ ހަމަލާއާއި ގުޅޭގޮތުން މައުލޫމާތެއް ލިބިފައިވާނަމަ އެކަން ހިއްސާކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެދިވަޑައިގަންނަވާފައިވެއެވެ.

މި ލިއުމާއި ގުޅޭ