Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްކޮންސް

ޖޫރިމަނާ ނުދެއްކުމުން އީޕީއޭއިން އެފްކޮންސް ގޮވައިގެން ކޯޓަށް

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރާ ބާޖެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން އެ މަޝްރޫޢު ހިންގާ އެފްކޮންސް ކުންފުނިން ޖުރުމާނާގެ ގޮތުގައި 1 މަސްދުވަސްތެރޭ ދައްކަން އީޕީއޭ އިން އެންގި 69 މިލިއަން ރުފިޔާ އެފްކޮންސްއިން ނުދެއްކުމުން, އެ މައްސަލަ ކޯޓަށް ހުށަހަޅަށް އީޕީއޭއިން ނިންމައިފިއެވެ.

69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ރުފިޔާއިން އެފްކޮންސް ޖޫރިމަނާކޮށްފައިވަނީ އީޕީއޭ އާއި އެފްކޮންސް އިން އަމިއްލައަށް ހެދި ސާވޭއަށް ވެސް ބެލުމަށް ފަހުގައެވެ.

މާލެ-ވިލިމާލޭ ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ބިޔަ ރާޅުތަކާއެކު ވިލިމާލޭ ފަރަށް އެރީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ޕްލެޓްފޯމު ފަރުމަތިން ފުންކުރީ 12 ދުވަސް ފަހުން އެކަމާ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމުންނެވެ. ޕްލެޓްފޯމް ވިލިމާލޭ ފަރަށް އަރައި ވަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންވެފައެވެ. މިގޮތުން ފަރުގެ ހަތަރު ތަނަކަށް ޕްލެޓްފޯމުގެ ފައިތައް ވަދެ، އިސްކޮޅަށްވުރެ ފުން ވަޅުގަނޑު ވަނީ ހެދިފަ އެވެ.

އެފްކޮންސް ޖޫރިމަނާކުރަން އީޕީއޭއިން ނިންމުމުން އެފްކޯންސްއިން އެނިންމުން އެންވަޔަރަމެންޓު މިނިސްޓްރީގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް އެންވަޔަރަމެންޓު މިނިސްޓްރީން ވަނީ އެފްކޮންސްއިން ދައްކަންޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ މައާފުނުކުރުމަށް ނިންމާފައެވެ.

ޖޫރިމަނާގެ އަމުރަށް އަމަލު ކުރުން ފަސްކޮށްދޭން އެދިި އެފްކޮންސްއިން ވަނީ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

މި ލިއުމާއި ގުޅޭ