Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ބީއެމްއެލް ކާޑު ލިމިޓް އިތުރުކުރުމަށްޓަކައި ބޭރުގައި ކިޔަވާ ދަރިވަރުންގެ ދަފުތަރެއް އެކުލަވައިލަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީންކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއެކު މިފަދަ ނިޒާމެއް އެކުލަވައިލުމަށާއި ވީހާވެސް އަވަހަށް މި ސިޔާސަތު ތަންފީޒުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި ސިޔާސަތު މިވަގުތު ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ ރާއްޖޭގައި މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރި ހުރަސްތައް ދެނެގަންނަމުންދާ ކަމަށެވެ. އަދި ކާޑު ލިމިޓް އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީންކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށާއި ބޭންކިންގ ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށްޓަކައި އެމްއެމްއޭއާއި ބޭންކްތަކާއި އެ މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި ލިއުމާއި ގުޅޭ