Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އޮސަސޫނާ ބަލިކޮށް ބާސެލޯނާ އަށް ހިތްހަމަޖެހުމެއް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި އޮސަސޫނާ 0-1 އިން ބަލިކޮށްފި އެވެ.

ރޭގެ މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ވިޔަރެއާލްއާ ދެކޮޅަށް ކުޅެ އަމިއްލަ ދަނޑުގައި ބާސެލޯނާ ވަނީ 3-5 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ވަނީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެކަމަށް ބުނެފަ އެވެ.

މޮޅާ އެކު ބާސެލޯނާ ހަތަރު ވަނައިގައި އޮތީ 47 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. އެއް ވަނައިގައި އޮތީ 55 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ. ލީގުގެ ދެ ވަނައިގައި އޮތީ 54 ޕޮއިންޓާ އެކު ރެއާލް މެޑްރިޑެވެ.

މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު 63 ވަނަ މިނެޓުގައި ޖެހީ ވިކްޓަ ރޮކޫ އެވެ. ރޮކޫ ގޯލު ޖެހީ ބެންޗުން ކުޅެން އެރިތާ އިރުކޮޅެއް ފަހުންނެވެ. މިއީ ބާސެލޯނާ ޓީމަށް ރޮކޫ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

އުމުރުން 18 އަހަރުގެ ބްރެޒިލަށް އުފަން ރޮކޫ އަކީ އުއްމީދީ ކުޅުންތެރިއެކެވެ.

މެޗުގެ ކުރީކޮޅު ބާސެލޯނާގެ ފެރަން ޓޮރޭޒް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ.

ބާސެލޯނާ އަތުން ބަލިވި އޮސަސޫނާ އޮތީ ލީގުގެ 12 ވަނައިގަ އެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން 1-2 އިން މޮޅުވެފަ އެވެ.

މި ލިއުމާއި ގުޅޭ