Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އޫރިދޫގެ އަހަރީ ޢާއްމު ޖަލްސާ މާޗްމަހު ބާއްވަނީ

އޫރިދޫ މޯލްޑިވްސްގެ 2024 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާ އަންނަ މާޗް މަހުގައި ބޭއްވުމަށް އެކުންފުނިން ނިންމައިފިއެވެ.

އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަކީ 15 ފެބްރުއަރީ 2024 ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަތަކަށެވެ. އަދި 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބިލައްވާނީވެސް ހަމަ މިދެންނެވި ފަރާތަތަކަށެވެ.

އަހަރީ ޖަލްސާގައި ބައިވެރިވެލައްވާ ފަރާތްތަކަށް އަދި ޕްރޮކްސީއެއް މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް ޖަލްސާގައި ފާސްކުރާ އެޖެންޓާ އައިޓަމްތަކަށް ވޯޓް ދެވޭނެއެވެ.

އަހަރީ ޢާއްމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ 21 ފެބްރުއަރީ 2024 ވާ ބުދަދުވަހުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި ޢާއްމުކުރެވޭނެ ކަމުގައި އޫރިދޫއިން ނެރުނު ނޫސްބަޔާނުގައި ވެއެވެ. އަދި އަހަރީ ޢާއްމު ޖަލްސާ ބާއްވާނެ ތަނަކާއި ތާރީޚު އަދި ގަޑިވެސް ކުންފުނީގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.

މި ލިއުމާއި ގުޅޭ