Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އަސުރުމާ-3 ދޯންޏަށް އަރައި ބޭރު ސިފައިން ފަޅުވެރިންނާ ސުވާލުކުރި: ޝިޔާމު

އދ.މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯނި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދަށް ވަދެ އެ ދޯންޏަށް އިންޑިއާ ސިފައިން އަރައި ދޯނީގެ ފަޅުވެރިންނާ ސުވާލުކޮށްފިއެވެ.

އިންޑިއާ ސިފައިން ދޯންޏަށް އެރި މައްސަލައާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އެރީ ހއ.ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގައި ހަރަކާތްތެރިވަނިކޮށް ކަމަށެވެ.

އިތުރަށް ޝިޔާމު ވިދާޅުވީ އެ އުޅަނދަށް އަރައި ދޯނީގެ ފަޅުވެރިންނާ ބޭރު ސިފައިން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

މި ދޯންޏަށް އިންޑިއާ ސިފައިން އެރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފައިވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެކަން ހިނގި ސަރަހައްދަށް ކޯސްޓު ގާޑުގެ އުޅަނދެއް އަންނަނީ ދަތުރުކުރަމުންނެވެ.

ޝިޔާމު އިތުރަށް ވިދާޅުވެފައިވަނީ މި ހާދިސާގައި ބޭރު ސިފައިން އަސުރުމާ-3 ދޯންޏަށް އެރީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެ ދޯނި އޮއްވައިކަމަށެވެ. އެގޮތުން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްތަކުން ކަށަވަރުވާ ގޮތުގައި އެ ދޯނި ހަރަކާތްތެރިވަމުންއައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަމަށް ޝިޔާމު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ކޯސްޓުގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މި ލިއުމާއި ގުޅޭ