Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ޝަމީމުގެ ހާލުކޮޅު ރަނގަޅު، ސީރިއަސް އަނިޔާއެއް ލިބިވަޑައިނުގަންނަވާ

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް މަގުމަތިން މިއަދު ބަޔަކު ހަމަލާއެއްދިން ނަމަވެސް އެ ހަމަލާގައި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިވަޑައިގެންފައިނުވެއެވެ.

ފުލުހުން މި މައްސަލައާ ގުޅިގެން ބުނެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ޝަމީމަށް ބަޔަކު ހަމަލާދިން މައްސަލައެއް ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޝަމީމަށް ހަމަލާދިނީ ތޫނު އެއްޗެއް ބޭނުންކޮށްގެންކަމަށް ބައެއް މީޑިއާއިން ރިޕޯޓުކުރި ނަމަވެސް ފުލުހުން އެފަދަ ވާހަކައެއް މީޑިއާއާ ހިއްސާކޮށްފައިނުވެއެވެ.

އެ ހަމަލާއަށްފަހު ޝަމީމު ފަރުވާ ހޯއްދަވާފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގެ އޮފިޝަލަކު ނަންނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތުދެއްވި ގޮތުގައި ޝަމީމަށް ހަމަލާދީފައިވަނީ ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އެ ހަމަލާގައި އޭނާއަށް އަނިޔާވީ އަތްޕުޅުގެ މުލައްދަނޑިއަށެވެ.

"އަތްޕުޅުގެ މުލައްދަނޑިން ކުޑަ ތަންކޮޅަކަށް އަނިޔާވެފައި ހުރީ. ހާލުކޮޅު ރަނގަޅު، ސީރިއަސް އަނިޔާއެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ޝަމީމަށް ހަމަލާދިނީ ހެންވޭރު ނޫރު މިސްކިތް ކައިރިންނެވެ. އޭނާއަށް ހަމަލާދިނީ ކޮން ބައެއްކަން އަދި ކީއްވެކަން މިހާތަނަށް ނޭނގެއެވެ.

ފުލުހުން އަންނަނީ ޕީޖީއަށް ދިން ހަމަލާގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ