ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ބަޔަކު މަގުމަތިން ދިމާކޮށް ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ، މިއަދުގެ ވަގުތެއްގައި މާލޭ މަގުމަތިން ޝަމީމަށް ހަމަލާދިން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާއަށް ހަމަލާދިނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
ހަމަލާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޝަމީމަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ސާފެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި ޝަމީމަށް ހަމަލާދިނީ ހެންވޭރު ނޫރު މިސްކިތް ކައިރިންނެވެ. އެކަމަކު އޭނާއަށް ހަމަލާދިނީ ކޮން ބައެއްކަމެއް އަދި ނޭނގެ އެވެ.