Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

މުހިއްމު މޮޅާ އެކު އާސެނަލް ލީގު ދެ ވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އާސެނަލް ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

އާސެނަލް ދެ ވަނައިގައި އޮތީ 46 ޕޮއިންޓާއި އެކު އެވެ. އެއް ވަނައިގައި ލިވަޕޫލް އޮތްއިރު ތިން ވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ.

ސިޓީ ތިން ވަނައިގައި އޮތީ އާސެނަލް އަށް ވުރެ ދެ މެޗު މަދުން ކުޅެގެންނެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބާންލީ ބަލިކޮށްގެން ސިޓީ އަށް އަލުން ދެ ވަނަ ލިބޭނެ އެވެ. ލިވަޕޫލް މިރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ރޭގެ މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. އާސެނަލްގެ ފުރަތަމަ ގޯލު ގެބްރިއަލް ޖީސުސް ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ބުކަޔޯ ސަކާ އެވެ. ނޮޓިންހަމްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 89 ވަނަ މިނެޓުގަ އެވެ.

ލީގުގައި ރޭ އެސްޓަން ވިލާ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ލޫޓަން އިން އަމިއްލަ ދަނޑުގައި 0-4 އިން ބްރައިޓަން ބަލިކުރިއިރު ކްރިސްޓަލް ޕެލެސް ވަނީ 2-3 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ފުލަމް އާއި އެވަޓަން ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

މި ލިއުމާއި ގުޅޭ