Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ސްޓެލްކޯއިން ފެނަކައަށް ފަންނީ އެހީތެރިކަން ދެނީ

ރަށްރަށުގެ ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި، ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯއާއެކު ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އެވެ.
އެ އެއްބަސްވުމުގެ ދަށުން، ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ކުންފުންޏަށް ބޭނުންވާ ފަންނީ އެހެނިހެން އެހީތެރިކަން ވެސް ސްޓެލްކޯއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ފަހުމީ ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ މެކޭނިކަލް އަދި އިންޖިނިއަރިންގެ ތަމްރީނުތައް ސްޓެލްކޯއިން ދޭނެ ކަމަށާއި، މުވައްޒަފުންނަށް ބޭނުންވާ ހުރިހާ ތަމްރީނާއި ސްޕޯޓު ދޭނީ ހިލޭ ކަމަށެވެ.
ފެނަކައިގެ އެމްޑީ މުއާޒު ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަނީ ޕަމްޕާއި ޖަނެރެޓަރުތައް ސާވިސް ކުރުމަށެވެ. މިދިޔަ މަހު ވެސް އެކަމަށް 117 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، މިވަގުތު ފެނަކަ އޮތް މާލީ ދަތި ހާލަތުން އަރައިގަތުމަށް ލިބޭނެ އެންމެ ބޮޑު އެހީއަކީ، ސާވިސް ކުރުމުގެ ހިދުމަތް ސްޓެލްކޯގެ އެހީގައި ހިލޭ ލިބިގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިންވެސް ފެނަކައަށް ބޭނުންވާ އެކި ކަހަލަ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެ އެވެ. މިއަދު ސޮއިކުރި އެއްބަސްވުމަކީ އެ އެހީ އިތުރަށް ފުރިހަމަކޮށް ސިސްޓެމެޓިކް ކުރުމަށް ހެދުނު އެއްބަސްވުމެއް ކަަމށް ފެނަކައިން ބުންޏެވެ.
މި ލިއުމާއި ގުޅޭ