Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސް އަޒުލުކުރެވޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް ނަގާ އިތުބާރުނެތްކަމުގެ މައްސަލައެއް ފާސްކޮށް އެ ދެ ބޭފުޅުން މަޤާމުން ވަކިކުރެވޭނީ މުޅި މަޖިލީހުގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްގެންނެވެ. ކުރިން މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ގުނުމުގައި މުޅިން މަޖިލިސްކަމަށް ބަލަނީ މަޖިލީހުގެ ހުރިހާ ގޮނޑިއެއްގެ އަދަދަށެވެ.

މިފަދައިން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް މުޅި މަޖިލީހުގެ މާނަކުރުން ބަދަލުކުރުމަށް އެމްޑީޕީން ހުށަހަޅައި މަޖިލީހުގެ ޤަވާއިދުވަނީ އިސްލާހުކޮށްފައެވެ. މިހާރު މުޅި މަޖިލީހުގެ އަޣުލަބިއްޔަތު މާނަކުރަނީ މިހާރު މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ ބާކީ ހުރި ގޮނޑިތައް އެކަނި ގުނައިގެންނެވެ. އެ އިސްލާހާއެކު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދުގެ ގޮތުގައި ބަލާ އަދަދު 87 އިން 80 އަށް ތިރިވާނެއެވެ. އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް އަޒުލުކުރެވޭނެއެވެ.

މި އިސްލާހާއެކު މިވަގުތު މަޖިލީހުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލުކުރެވިދާނެއެވެ. އަދި އެމްޑީޕީން އަންނަނީ ރައީސް މަޤާމުން އަޒުލުކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމަނިކުފާނު އަޒުލުކުރަން އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހެޅުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބުނެފައިވެއެވެ.

ރައީސް އަޒުލުކުރުމުގެ އިޖުރާއާތު ފަސޭހަކުރުމަށް މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއްކަމަށް ކަނޑައަޅައިދިނުން އެދި ބަންޑާރަނައިބުގެ އޮފީހުން މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، މިހަފުތާ ތެރޭގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިހަފުތާ ތެރޭގައި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާނެކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.

މި އިސްލާހު ފާސްކޮށްފައިވަނިކޮށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އެ ޕާޓީ ދޫކުރައްވައި ކޮންގުރެސް ޕާޓީއަށް ބަދަލުވެވަޑައިގަތުމުން އަޒުލުކުރުމުގެ ވޯޓު އެމްޑީޕީއަށް ދެން ކާމިޔާބުކުރެވޭނީ ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންގެ ތާއީދާއެކުއެވެ. މިހާރު އެ ދެ ޕާޓީންވަނީ ސަރުކާރާ ދެކޮޅަށް މަޖިލިސް ތެރެއިން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.

އެ އެއްބަސްވުމުގެ ދަށުން އިއްޔެ ދެ ޕާޓީންވަނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަމަށް އައްޔަންކުރައްވާފައިވާ ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައި، އެ ބޭފުޅުންނަށް ރުހުންދޭން ނުފެންނަކަމަށް މަޖިލިސް ތެރެއން ފާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ