Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ

މެދު ހެންވޭރު ދާއިރާގެ ޕީއެންސީ ޓިކެޓު ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވީ ނާސިހު

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ހޮނިހިރުދުވަހު ބޭއްވި އެތެރޭގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާގެ ޓިކެޓު ހުސައިން ނާސިހު ކާމިޔާބުކުރައްވައިފިއެވެ.

ނާސިހަކީ ސިޔާސީ މަސައްކަތްތަކުގައި އެކި ފެންވަރުގައި މަސައްކަތްކުރައްވާތާ 8 ވަރަކަށް އަހަރުވެފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވާދަކުރެއްވި މެދުހެންވޭރު ދާއިރާއަކީ ޕްރައިމަރީގައިވެސް އެންމެ ވާދަވެރިކަން ބޮޑުވެފައި އޮތް އެއް ދާއިރާއެވެ.

ނާސިހު ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ގަސްތުކުރެއްވީ ދާއިރާއިން ގެއްލެމުންދާ ބަދަހިގުޅުންތައް އަލުން އިއާދަކޮށް، ރައްޔިތުންގެ މެދުގައި ކުރިއްސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ރުޖޫއަކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމުގެ ނިޔަތުގައެވެ.

''މި ނިކުތީ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަމުގެ ބަދަހި ގުޅުމެއް އުފެއްދުމަށްޓަކައި ބޭނުންވާ ގިނަގުނަ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް،" އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ނާސިހު ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ފޯރިގަދަ ވާދަވެރިކަން ބޮޑު ކެމްޕޭނަކަށްފަހު ހޮނިހިރުދުވަހުގައި ބޭއްވި ވޯޓުލުމުގެ ވަގުތީ ނަތީޖާ މިއަދު ޕީއެންސީންވަނީ އާންމުކޮށްފައެވެ. އެ ޕާޓީން އާންމުކުރި ވަގުތީ ނަތީޖާއަށް ބަލާއިރު އެ ޕްރައިމަރީގައި އެ ދާއިރާއިން 243 މީހަކު ވޯޓު ދިނެވެ. ނާސިހުވަނީ 130 ވޯތު ކާމިޔާބުކުރައްވާފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 103 ވޯޓެވެ. 10 ވޯޓެއް ބާތިލުވެފައިވެއެވެ.

ޕްރައިމަރީން ކާމިޔާބުވި ކެންޑިޑޭޓުންގެ ފަހަތަށް ނާކާމިޔާބުވެވަޑައިގެންނެވި ހުރިހާ ކެންޑިޑޭޓުން އަރާވަޑައިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށް، މަދުވެގެން 62 ގޮނޑި ކާމިޔާބުކުރެއްވުމަކީ އުންމީދުކުރައްވާ ގޮތްކަމަށް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

މިހާރު އޮތް ގޮތުން މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މާޗު މަހުގެ 23 ވަނަ ދުވަހުގައެވެ. އެ ދުވަހަކީ ރަމަޟާން މަހުގެ 7 ވަނަ ދުވަހަށްވާތީ އިންތިޚާބު ފަސްކުރުމަށް ބިލެއް މިހާރު އޮތީ މަޖިލީހަށް ހުށަހޅާފައެވެ. އަދި އެބިލާމެދު ގޮތެއް ނިންމުމަށް ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީންވަނީ ހުށަހަޅާފައެވެ.

މި ލިއުމާއި ގުޅޭ